ކުޅިވަރު / ޚަބަރު

ރިޒޯޓު ވޮލީ ލީގުގެ މާލެ ލީގު ފެށުމުގެ ރަސްމިއްޔާތު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ރިޒޯޓު ވޮލީ ލީގުގެ މާލެ ލީގު ފެށުމުގެ ރަސްމިއްޔާތު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ރިޒޯޓު ވޮލީ ލީގުގެ މާލެ ލީގު ފެށުމުގެ ރަސްމިއްޔާތު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވުން، ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

14 ޖުލައި 2025، 08:54

14 ޖުލައި 2025، 08:54

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، "މޯލްޑިވްސް ރިޒޯޓު ވޮލީ ލީގް 2025" ގެ ނޯތު މާލެ ލީގު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ ރިޒޯޓު ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި އެކުވެރިކަން ދިރުވައި، އާލާކޮށް، ދުޅަހެޔޮ ކަމާއި ހަށިހެޔޮކަން އިތުރު ކުރުމާއި މުވައްޒަފުންގެ ކިބައިގައި ވޮލީބޯޅަ ކުޅުމުގެ ހުނަރު އިތުރުކުރުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދާ މި މުބާރާތުގެ ނޯތު މާލެ ލީގުގެ ފުރަތަމަ މެޗުވެސް އެ މަނިކުފާނު ބައްލަވާލައްވާފައިވެއެވެ.

އަދި މެޗު ނިމުމުން މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

މި ޒޯންގެ ފުރަތަމަ މެޗުގަައި މިއަދު ބައްދަލުކުރީ މީރު އައިލެންޑް ރިޒޯޓާއި ވަން އެންޑް އޮންލީއެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ މުބާރާތް ބާއްވާ ވަން އެންޑް އޮންލީއެވެ.

މި އަހަރުގެ މުބާރާތް ކުރިއަށް ދާނީ ހަތަރު ޒޯނެއްގައެވެ. މި މުބާރާތުގައި 17 ރިޒޯޓަކުން ވާދަކުރުމަށްވަނީ ހަމަޖެހިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން