Ads by Stelco

ޚަބަރު

އައު މަސް މާރުކޭޓާއި ލޯކަލް މާރުކޭޓުގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާތަކެއް ކުރިއަށްގެންގޮސްފި

އައު މަސް މާރުކޭޓާއި ލޯކަލް މާރުކޭޓުގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާތަކެއް ކުރިއަށްގެންގޮސްފި

ވުޒާރާއާއި ސިޓީ ކައުންސިލާއި މެދު ބޭއްވުނު މަޝްވަރާތަކުގެ ތެރެއިން. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޖުލައި 2025، 04:15

14 ޖުލައި 2025، 04:15

މާލެ ސިޓީގެ އައު މަސް މާރުކޭޓާއި ލޯކަލް މާރުކޭޓު ތަރައްޤީކުރުމުގެ މަސައްކަތް ލަސްވަމުންދާ ސަބަބު ދެނެގަނެ، އެކަމަށް ޙައްލު ހޯދުމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާއާއި މާލެ ސިޓީ ކައުންސިލާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރާއި މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމްގެ އިތުރުން ވުޒާރާއާއި ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި މާރުކޭޓުގެ މަސައްކަތް ލަސްވަމުންދާތީ، އެކަމަށް ޙައްލު ހޯދުމާ ގުޅޭ ލިޔެކިޔުންތަކާއި އެގްރިމަންޓްތައް މުރާޖަޢާކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލޭގައި ޒަމާނީ މަސް މާރުކޭޓެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓު އަދި ވަޅޯމަސް މާރުކޭޓު އެއް އިމާރާތެއްގައި ހިންގުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫޢުގެ ދަށުން އައު މަސް މާރުކޭޓު އެޅުމަށް ހަމަޖެހިފައިވަނީ މިހާރުގެ ވަޅޯމަސް މާރުކޭޓު ހުރި ބިމުގައި ކަމަށާއި، އެ ބިން ވަނީ ކޮންޓްރެކްޓަރަކާ ހަވާލުކޮށްފައެވެ.

ސަރުކާރުން ރާވާފައިވާ ގޮތުގައި އައު މަސް މާރުކޭޓަކީ 7 ފަންގިފިލާގެ އިމާރާތެއް ކަމަށާއި، މި އިމާރާތުގައި ޕާކިންގއަށް ޚާއްސަ ޖާގަ ހިމެނޭނެއެވެ. މިކަމުގެ ސަބަބުން މާލެ މާރުކޭޓު ސަރަޙައްދުގެ ޓްރެފިކް މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބެލެވެއެވެ.

 "މަސައްކަތް ލަސްވަމުންދާ ސަބަބުތައް ދެނެގަނެ، މަސައްކަތް އަވަސްކުރުމަށް ކުރެވެން ހުރި ކަންކަން ބަލައި، އަވަސް ޙައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އެބަދޭ." ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

މާލޭގެ މާރުކޭޓު ޚިދުމަތްތައް އެއްފުރާޅެއްގެ ދަށަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރެއް ކަމަށާއި، މި މަޝްރޫޢުގެ މުހިންމު ގިނަ މަސައްކަތްތަކެއް މިހާރު ކުރިއަށްދާ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން