Ads by Stelco

ޚަބަރު

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.7 ބިލިޔަން ރުފިޔާ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.7 ބިލިޔަން ރުފިޔާ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޖުލައި 2025، 04:15

14 ޖުލައި 2025، 04:15

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް 1.7 ބިލިޔަން ރުފިޔާއަށްވުރެ ގިނަ އަދަދެއް ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޑިޕާޗަރ ޓެކުހުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު 879,898,237 ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 594,514,301 ރުފިޔާއާ އަޅާބަލާއިރު 48 ޕަސެންޓުގެ އިތުރުވުމެކެވެ.

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މި މުއްދަތުގައި ލިބިފައިވަނީ 885,816,410 ރުފިޔާއެވެ. މިއީވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 606,720,188 ރުފިޔާއާ އަޅާބަލާއިރު 46 ޕަސެންޓުގެ އިތުރުވުމެކެވެ.

މީރާގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި، މި ދެ ބާވަތުގެ ފީގެ ގޮތުގައި ލިބުނު ޖުމުލަ އާމްދަނީއަކީ ދައުލަތަށް މި މުއްދަތުގައި ލިބުނު ޖުމުލަ އާމްދަނީގެ 10.6 ޕަސެންޓެވެ.

ޑިޕާޗަރ ޓެކުހަކީ 1 ޖަނަވަރީ 2022 އިން ފެށިގެން ރާއްޖޭގެ އެއަރޕޯޓުތަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގަން ފެށި ޓެކުހެކެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގޭ ފީއެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން