Ads by Stelco

ޚަބަރު

މިދިޔަ ހަފުތާގައި މަސްކިރުވި އޮޑިފަހަރުގެ ޢަދަދު %55.9 އިތުރު

މިދިޔަ ހަފުތާގައި މަސްކިރުވި އޮޑިފަހަރުގެ ޢަދަދު %55.9 އިތުރު

މަސްވެރިން މަސްބާނަނީ. ފޮޓޯ: މޯލްޑިވްސް މެގަޒީން

farudhun logo

ފަރުދުން

13 ޖުލައި 2025، 11:40

13 ޖުލައި 2025، 11:40

މިދިޔަ ހަފުތާގެ ތެރޭގައި، ސަރުކާރުގެ މަސްކުންފުނި ކަމުގައިވާ މިފްކޯ އަށް މަސްކިރުވި ދޯނިފަހަރުގެ ޢަދަދު އިތުރުވެފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. މިގޮތުން، ފާއިތުވީ ހަފުތާގައި 379 މަސްދޯނިން އެކުންފުންޏަށް މަސްކިރުވާފައިވާ އިރު، މިޢަދަދަކީ އޭގެ ކުރީ ހަފުތާގައި މަސްކިރުވި 243 ދޯންޏަށް ވުރެ 55.9 އިންސައްތަ އިތުރު ޢަދަދެއް ކަން ފާހަގަކޮށްލެވެއެވެ.

ތަފާސްޙިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފުތާގައި މަސްކިރުވި 379 ދޯންޏަށް ޖުމުލަ ގޮތެއްގައި 24،030،291 ރުފިޔާ ދޫކޮށްފައިވެއެވެ. ނަމަވެސް އޭގެ ކުރީ ހަފުތާގައި ދޫކުރީ މިޢަދަދަށް ވުރެ 52.9 އިންސައްތަ މަދު ޢަދަދެއް ކަމުގައިވާ 11،300،377 ރުފިޔާގެ ޢަދަދެކެވެ.

މިދިޔަ ހަފުތާގެ ވަކިވަކި ދުވަސްތަކަށް ބަލައިލާ އިރު، އެންމެ ގިނައިން މަސްކިރާފައިވާ ދުވަހަކީ މިދިޔަ ހޯމަ ދުވަހެވެ. މުޅިއަކު 75 މަސްދޯނިން އެދުވަހު މިފްކޯއަށް މަސް ކިރުވާފައިވާ އިރު، ޖުމުލަގޮތެއްގައި އެދުވަހު 5،156،362 ރުފިޔާގެ ފައިސާ މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ.

މިކަމުގެ ސަބަބުން، ރާއްޖެއިން މަސް ބޭރުކުރާ ޢަދަދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. އެމްއެމްއޭގެ ތަފާސްޙިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ މެއި މަހުގެ ނިޔަލަށް، ރާއްޖެއިން 38،800 ޓަނުގެ މަސް ވަނީ ބޭރުކޮށްފައެވެ. މިއީ ކުރިން އަހަރުގެ މިމުއްދަތުގައި ބޭރުކުރެވުނު ޢަދަދުގެ 66 އިންސައްތަ އިތުރު ޢަދަދެއް ކަން ފާހަގަކުރެވެއެވެ.

މަސްވެރިކަމަކީ ދިވެހި އިޤުތިޞާދުގެ ލޭނާރު ކަމަށް ވީ ހިނދު، މަސްވެރިކަމުވެ ޞިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން