ކޮލަމް / ޚަބަރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލްގެ ބޭރުން ފެންނަ ބޮޑު ޖާލިގަނޑަކީ ޤައުމީ ފަޚުރުގެ ނިޝާނެއް!

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލްގެ ބޭރުން ފެންނަ ބޮޑު ޖާލިގަނޑަކީ ޤައުމީ ފަޚުރުގެ ނިޝާނެއް!

ވެލާނާ އެއަރޕޯޓްގެ ޖާލިގަނޑު ، މުންނާރު އަދި އާސާރީ ތަރިކަިއގައި އެ ނީޝާން ފޮޓޯ: ފޭސްބުކް އަބްދުއްﷲ ސަޢީދު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 ޖުލައި 2025، 07:28

12 ޖުލައި 2025، 07:28

ދިވެހިރާއްޖޭގެ މައި ދޮރާށި ކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލްގެ ބޭރުން ފެންނަ ބޮޑު ޖާލިގަނޑުގައި ފެންނަ ޚާއްސަ ފަރުމާއަކީ ޤައުމީ ފަޚުރުވެރި ބަޠަލެއް ކަމަށްވާ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ) ނުވަތަ މަޝްހޫރު އިސްކަންދަރު ރަސްގެފާނު (1648 އިން 1687 އަށް ރަސްކަން ކުރެއްވި) ގެ ނިޝާންފުޅެވެ. މިއީ ދިވެހި ޤައުމިއްޔަތާއި ތާރީޚަށް ދެވޭ ވަރަށް މަތިވެރި އަހައްމިއްޔަތުކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މި ނިޝާންފުޅަކީ އަދި ރަސްމީ ސިއްކަފުޅެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ނުވި ނަމަވެސް، ދިވެހި ތާރީޚާއި ޤައުމީ ހަނދާންތަކާ ގުޅިފައިވާ މުހިންމު ފަރުމާއެކެވެ. އިސްކަންދަރު ރަސްގެފާނަކީ މާލޭގައި ހުންނަ ޤަދީމީ ހުކުރު މިސްކިތް މިހާރު މިހިރަގޮތަށް ބިނާކުރައްވައި، މިސްކިތުގެ މުންނާރު ބެހެއްޓެވި ރަސްގެފާނެވެ. އެރަދުންގެ މި ނިޝާންފުޅު ވަނީ ހުކުރު މިސްކިތުގެ މުންނާރުގައިވެސް ޖައްސަވާފައެވެ. މިގޮތުން މި ނިޝާނަކީ ޤަދީމީ ތާރީޚެއް ހިމެނޭ، ދިވެހީންގެ ހަނދާންތަކާ ގުޅިފައިވާ ރަމްޒެކެވެ.

މީގެ އިތުރުން، ހުކުރު މިސްކިތު ގޯތިތެރޭގައި ހުންނަ ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައި ދެއްވި ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ މަގުބަރާގައިވެސް މި ނިޝާންފުޅު ވަނީ ކޮންމެވެސް ސަބަބަކާހުރެ ޖައްސަވާފައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ރައީސް ނާޞިރަށް ނުވަތަ އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ވެލާނާ ޢާއިލާއަށް ނިސްބަތްކުރެވޭ ނަމެކެވެ.

މިހެންކަމުން، މި ޓާމިނަލްގައި އިސްކަންދަރު ރަސްގެފާނުގެ މި ނިޝާންފުޅުގެ ފަރުމާ ހިމަނާފައިވާކަމީ، ދިވެހިރާއްޖޭގެ ޤައުމީ ބަޠަލުންނަށާއި، ޤައުމީ ތާރީޚަށް ދެވޭ ޚާއްސަ އަހަންމިއްޔަތުކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

އެއްބަޔަކު އަނެއްބަޔަކާ ހިޔާލު ބަދަލުކުރުމަށްފަހު، މި ނިޝާންފުޅު މިހާ ބޮޑަށް ހައިލައިޓްކޮށްފައިވުމަކީ ޤައުމީ ފަޚުރާއި ތާރީޚު އާލާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ދެކެވިދާނެއެވެ. ޚާއްސަކޮށް، ރާއްޖެއަށް އަންނަ އެތައްހާސް ފަތުރުވެރިންނަށް އެންމެ ފުރަތަމަ ފެންނަ ތަނަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ކަމަށްވާއިރު، މިފަދަ ޤައުމީ ނިޝާންތައް ފެންނަން ހުރުމަކީ ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތް ދުނިޔެއަށް ހާމަކޮށްދިނުމުގެ މުހިންމު ވަސީލަތެއްގެ ގޮތުގައި ވެސް ބެލެވިދާނެއެވެ.

                    


Ads by MSS

މި ލިޔުން ކިޔާލުމުން