ވިޔަފާރި / ޚަބަރު

ޙަލާލް ޓުއަރިޒަމް ފުޅާކުރުމުގެ ގޮތުން އިންވެސްޓަރުންނަށް ދޭން ނިންމާފައިވާ ލުއިތައް ހާމަކޮށްފި

ޙަލާލް ޓުއަރިޒަމް ފުޅާކުރުމުގެ ގޮތުން އިންވެސްޓަރުންނަށް ދޭން ނިންމާފައިވާ ލުއިތައް ހާމަކޮށްފި

ރާއްޖޭގައި ޙަލާލް ޓުއަރިޒަމް ފުޅާކުރުމަށް އަންނަނީ މަސައްކަތްކުރަމުން

29 ޖޫން 2025، 09:59

ޙަލާލް ޓުއަރިޒަމް ފުޅާކުރުމުގެ ގޮތުން އިންވެސްޓަރުންނަށް ދޭން ނިންމާފައިވާ ލުއިތައް ސަރުކާރުން ހާމަކޮށްފިއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މަންޒަރު އަލުން ބައްޓަންކުރާނެ ފަދަ ފިޔަވަޅެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި ޙަލާލު ޓުއަރިޒަމް ތަރައްޤީކުރެއްވުމުގެ މަސައްކަތް ފައްޓަވާފައެވެ. އެގޮތުން ދިވެހިރާއްޖޭގައި ޙަލާލް ޓުއަރިޒަމް ފުޅާކޮށް، އެކަން އެހެން ހަރުފަތަކަށް ގެންދަން އިންވެސްޓަރުންނަށް ގިނަ ލުއިތަކަކާ އެކު އެ ކަމަށް ޚާއްސަ ރަށްތަކެއް ދޫކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ޓޫރިޒަމް މުޅި ދުނިޔޭގައި މަޝްހޫރުވެފައިވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ސިނާޢަތް ކުރިއަރުވައި، ޓޫރިސްޓުންނަށް ފޯރުކޮށްދޭ ތަޖުރިބާއާއި މެހެމާންދާރީގެ ނަމޫނާއެއްގެ ގޮތުގައެވެ. 

ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، ޙަލާލް ޓޫއަރިޒަމަށް ހުޅުވާލުމަށް ސަރުކާރުން ނިންމާފައިވަނީ ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ތ. އަތޮޅު އަދި ލ. އަތޮޅުގައެވެ. 

މި ސަރަޙައްދުގައި ޙަލާލް ޓުއަރިޒަމް ތަޢާރަފްކުރުމަށް އިންވެސްޓަރުން ޝައުގުވެރިކުރުވުމަށް ސަރުކާރުން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ލީސް އެކުއިޒިޝަން ކޮސްޓުން އިތުރު 20 އިންސައްތަ ދަށްކުރުމށއި، ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނެ މަގު ފަހިކުރުމަށް ރިސޯޓު ތަރައްޤީ ކުރުމަށް ދެވޭ މުއްދަތުގެ ތެރޭގައި ލީސް އެކުއިޒިޝަން 5 ވަނަ އަހަރު އަދި 6 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރގައި ދައްކާގޮތަށް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން ރިސޯޓް ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު ނުވަތަ ގްރޭސް ޕީރިއަޑްގެ ކުރިން ރަށް ނުވަތަ ފަޅު އޮޕަރޭޓްކުރާ ހާލަތުގައި، އެ ދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށްއަރާ ބިމު ކުލި ފަސްކޮށްދިނުމުގެ ބަދަލުގައި އެއްކޮށް މަޢާފްކޮށްދިނުމަށް ވެސް ސަރުކާރުންވަނީ ނިންމަވާފައެވެ.

މީގެ އިތުރުން، ރިޒޯޓެއް ތަރައްޤީކުރުމަށް ގެންނަ ތަކެތީގެ ކެޕިޓަލް އިންވެސްޓްމަންޓްގެ 20 އިންސައްތައާ ހަމައަށް ޑިއުޓީ މަޢާފްކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ތަންތަން ތަރައްޤީކުރުމަށް ގެންނަ ފަރުނީޗަރާއި، ބަދިގޭގެ ސާމާނާއި އިލެކްޓްރޯނިކް އަދި އެހެނިހެން އެމެނިޓީސް ޑިއުޓީ މަޢާފު ދޭ ކެޓެގަރީއަށް އިތުރުކުރުމަށްވަނީ ކަނޑައަޅާފައެވެ.

މި ލުއިތަކާއެކު މި 5 ސަރަޙައްދުން 31 ޕްރޮޖެކްޓް ހިންގުމަށް އޯޕަން ބިޑިން އަދި ކްލޯޒް ބިޑިން އުސޫލުން ހުޅުވާލުމަށްވަނީ ނިންމާފައެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އެ ސަރަޙައްދުތަކުގައި  ކޮންމެ އަތޮޅަކު ޙަލާލް ޓުއަރިޒަމް ގެ މޮޑެލްއަށް އެއް ޕްރޮޖެކްޓް ކަނޑައެޅިފައި ވާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS