Ads by Stelco

ޚަބަރު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ޝަރަފު ރާއްޖެއަށް: ލީޑިންގ ޑެސްޓިނޭޝަންގެ ޝަރަފު 6 ވަނަ ފަހަރަށް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ޝަރަފު ރާއްޖެއަށް: ލީޑިންގ ޑެސްޓިނޭޝަންގެ ޝަރަފު 6 ވަނަ ފަހަރަށް

އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އެވޯޑާއި ހަވާލުވެވަޑައިގަތުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 ޖޫން 2025، 06:06

29 ޖޫން 2025، 06:06

ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ)ގެ އިންޑިއަން އޯޝަން ކެޓަގަރީއިން ދިވެހިރާއްޖެއަށް ޝަރަފުވެރި ދެ އެވޯޑެއް ލިބިއްޖެއެވެ. މި މަހުގެ 28 ވަނަ ދުވަހު ޓެންޒޭނިއާގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2025 ހަފްލާގައި މި އެވޯޑްތަކާއި ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންވީ، އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއެވެ.

ޑަބްލިއުޓީއޭ އިންޑިއަން އޯޝަން ކެޓަގަރީން ރާއްޖެއަށް ލިބުނު ދެ އެވޯޑަކީ:

  • އިންޑިއަން އޯޝަންސް ލީޑިންގ ޑެސްޓިނޭޝަން
  • އިންޑިއަން އޯޝަންސް ލީޑިންގ ގްރީން ޑެސްޓިނޭޝަން

މިއަހަރުގެ އިންޑިއަން އޯޝަންސް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް ލިބުނު އިރު، މިއީ ޖެހިޖެހިގެން ރާއްޖެއަށް މި ޝަރަފު ލިބުނު ހަވަނަ އަހަރެވެ. މީގެ އިތުރުން، އިންޑިއަން އޯޝަންސް ލީޑިންގ ގްރީން ޑެސްޓިނޭޝަން އެވޯޑް ލިބުނު މިއީ ދެވަނަ ފަހަރެވެ.

މި އެވޯޑްތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހޯދާފައިވާ ކުރިއެރުންތައް އިތުރަށް ހާމަވެގެން ގޮސްފިއެވެ.
މި އެވޯޑްތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް މުހިންމު ކާމިޔާބީއެއްކަން ފާހަގަކުރައްވައި އެމްއެމްޕީއާރުސީގެ ސީއީއޯ ޝިއުރީ ވިދާޅުވީ

މި އެވޯޑްތަކުގެ ސަބަބުން ރާއްޖެއަކީ ފަތުރުވެރިކަމުގެ ހާއްސަ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް އެމްއެމްޕީއާރުސީއިން ކުރަމުން ގެންދާ މަސައްކަތްތަކަށް އިތުރު ހިތްވަރެއްދޭ އެވޯޑްތަކެއް  

ޝިއުރީ


1993 ވަނަ އަހަރު ވުޖޫދުކުރި ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ އިހުތިރާމް ލިބިގެންވާ ޝަރަފުވެރި އެއް އެވޯޑުގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. އެކްސެލެންސްގެ އެންމެ ފާހަގަކޮށްލެވޭ އެންޑޯސްމަންޓް ރަމްޒުކޮށްދޭ މި އެވޯޑްތަކުގެ މަގުސަދަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ދާއިރާއަކުން ހޯދާ ކާމިޔާބީތައް ފާހަގަކޮށް، އުފާފާޅުކޮށް، އިނާމުދިނުމެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS