Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ސޭޝެލްސްގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ސޭޝެލްސްގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު/ފޮޓޯ: ރައީސް އޮފީސް

29 ޖޫން 2025، 10:18

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޭޝެލްސްގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ، އެ ޤައުމުގެ ރައީސް ވަވެލް ރަމްކަލަވާނަށާއި، ސަރުކާރަށާއި، އެންމެހާ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް މީސްމީޑިޔާގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ.

މި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސޭޝެލްސްގެ މިނިވަން ދުވަހު އެ ޤައުމުގެ ރައްޔިތުންނަށް އެކުވެރިކަމާއި، އުފާވެރިކަމާއި، އެއްބައިވަންތަކަމަށް އެދިލައްވާ ކަމަށެވެ. ހަމައެހެންމެ، މި ދުވަހުގެ މުނާސަބާއާ ގުޅިގެން ތަހުނިޔާ އާއި ހެޔޮ އެދުންތައް އެ ޤައުމުގެ ރައީސާއި، ސަރުކާރަށާއި، ރައްޔިތުންނަށް އަރިސްކުރައްވާކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖެ އާއި ސޭޝެލްސްއަށް ފައިދާވާ އެކި ދާއިރާތަކާއި ސަރަހައްދީ ހަމަޖެހުން ޤާއިމުކުރުމަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

އިނގިރޭސީންގެ އަތްދަށުން ސީޝެލްސް މިނިވަންވީ 1977 ވަނަ އަހަރުއެވެ. މިއަދަކީ ސީޝެލްސް އިން ފާހަގަކުރާ 48 ވަނަ މިނިވަން ދުވަހެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS