Ads by Stelco

ޚަބަރު

ގއ. ކޮލަމާފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ގއ. ކޮލަމާފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ގއ.ކޮލަމާފުށިން މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރިމީހާ---

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 ޖޫން 2025، 07:03

27 ޖޫން 2025، 07:03

ގއ.ކޮލަމާފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ހިކި އެއްޗެއް ހުރި ޕެކެޓަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ޕޮލިހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އާރް.ޓީ.އެލް ފެރީގައި ގއ. ކޮލަމާފުށްޓަށް ދަތުރުކުރި މީހެއްގެ ފޮށިގަނޑެއް ބަލައި ފާސްކުރުމުން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ފެނިފައިވެއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގއ. ކޮލަމާފުށީ ދޮންވެލި، ޝިފާއުﷲ ސައީދު (44 އަހަރު) އެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް ހައްޔަރުކޮށްފައިވަނީ މިއަދު (25 ޖޫން 2025) ކަމަށް ޕޮލިހުން ބުނެފައިވެއެވެ. އަދި މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާކަމަށް ވެސް ޕޮލިހުން މައުލޫމާތު ދެއްވާފައިވެއެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތައް އިތުރުވަމުން ދިއުމާއި ގުޅިގެން، ފުލުހުން އަންނަނީ އެފަދަ މައްސަލަތައް ހުއްޓުވުމަށް ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS