Ads by Stelco

ޚަބަރު

ބްރޯޑްކޮމްގެ އައިޓީ އޮފިސަރު ވަޒީފާއިން ވަކިކޮށްފި

ބްރޯޑްކޮމްގެ އައިޓީ އޮފިސަރު ވަޒީފާއިން ވަކިކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން، ފޮޓޯ: ރާއްޖެއެމްވީ

26 ޖޫން 2025، 09:11

މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (ބްރޯޑްކޮމް)ގެ އައިޓީ އޮފިސަރެއްގެ މަގާމުގައި ހުރި އަހުމަދު ފަޒީލް އެ މަގާމުން ވަކިކޮށްފިއެވެ.

ވަޒީފާއިން ވަކިކުރިއިރު ފަޒީލު ހުރީ މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑުކޮށްފައެވެ. އެއީ އެ ކޮމިޝަނުގެ ސާރވާއަށް ދިމާވި މައްސަލައަކާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ހުރިކަމަށް ފެންނާތީ އެ ތަހުގީގާ ގުޅިގެންކަމަށް އޭރު ބްރޯޑްކޮމްއިން ބުނެފައިވެއެވެ.

ބްރޯޑްކޮމްގެ ތެރޭގައި މަސްލަހަތު ގޯސްވީ އެ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް (އެސްޖީ) މަރިޔަމް ޒީނިޔާ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރި ހިސާބުން، އެކަމާ ދެކޮޅަށް ކޮމިޝަނުގެ މުވައްޒަފުން އިހުތިޖާޖު ކުރުމުންނެވެ. އިހުތިޖާޖު ކުރުމުގެ ގޮތުން އެ މުވައްޒަފުން ވަނީ މަސައްކަތް ހުއްޓާލައި ގެއަށް ގޮސްފައެވެ. ސާރވާގެ މައްސަލަ ދިމާވީ އޭގެ ޖެހިގެން އައި ދުވަހެވެ. ސާރވާއަށް ދިމާވި މި މައްސަލައާ ގުޅިގެން ފުލުހުންގެ އެހީތެރިކަން ވެސް ކޮމިޝަނުން ވަނީ ހޯދާފައެވެ.

ފަޒީލު މަގާމުން ވަކިކުރީ މިދިޔަ ހޯމަ ދުވަހެވެ. ބްރޯޑްކޮމްއިން ހާމަކޮށްފައިވާ ގޮތުގައި އޭނާ މަގާމުން ވަކިކުރީ، ވަޒީފާގެ މަސްއޫލިއްޔަތުތަކުން ދުރުކުރުމަށްފަހު ހިންގި ތަހުގީގަކަށްފަހުއެވެ. 

ބްރޯޑްކޮމްގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި، ފުލުހުން ބެލިބެލުމުން އެނގުނީ ސާރވާއަށް ދިމާވި މައްސަލައަކީ ގަސްތުގައި ދީފައިވާ ގެއްލުމެއްކަން ކަމެވެ. އެހެންކަމުން، ފަޒީލް އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ ދައުލަތުގެ މުދަލަށް އިތުރު ގެއްލުންތަކެއް ލިބިދާނެކަމައްކަމަށް ބެލެވޭތީ ވަޒީފާއިން ވަކިކުރީ ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި ގާނޫނު ތަންދޭގޮތުން، ނޯޓިސް ދިނުމަކާނުލާއި ކަނޑާލެވޭތީ، އޭނާ ވަކިކުރީ ނޯޓިސް ދިނުމަކާ ނުލާކަން ވަނީ ހާމަކޮށްފައެވެ.

ބްރޯޑްކޮމްގެ ބައެއް މުވައްޒަފުން ސަސްޕެންޑުކޮށް އަދި ބައެއް މުވައްޒަފުން ކަނޑަމުންދާތީ އެ މުވައްޒަފުން ބުނަމުންދަނީ އެ ފިޔަވަޅުތަކަކީ މެންބަރުންނާ ބެހޭ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވުމުން ޒާތީގޮތުން އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށެވެ. ނަމަވެސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މަގާމުން ދުރުކުރަނީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށާއި، އެކަމުގައި ޒާތީވުމެއް ނުގެންގުޅޭ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS