Ads by Stelco

ޚަބަރު

މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5000 ބަހައިފި

މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5000 ބަހައިފި

ޒަކާތް ބަލައިގަންނަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ޖޫން 2025، 11:56

26 ޖޫން 2025، 11:56

ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ 2،852 ފަޤީރުންނަށް، މިއަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،000 ރުފިޔާ ބަހައިފިއެވެ. 

މިއީ މިދިޔަ އަހަރު ބެހި 4،000 ރުފިޔާއަށްވުރެ 1،000 ރުފިޔާގެ އިތުރު އަދަދެކެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަދި އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކިދާނެއެވެ. ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންނެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އެންމެ ފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. މިގޮތުން މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 9،353.4 ރުފިޔާއެވެ.

މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ރަންރިހީގެ އަގަށެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ވެސް ބަދަލު އަންނަމުންދެއެވެ.

އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ އަދަދަށް އަތުގައި ނުވަތަ ބޭންކުގައި ފައިސާ ހުރިނަމަ، ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS