Ads by Stelco

ޚަބަރު

މިއަދު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނީ ހަމައެކަނި މާލެ އޮފީހުން: އިމިގްރޭޝަން

މިއަދު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނީ ހަމައެކަނި މާލެ އޮފީހުން: އިމިގްރޭޝަން

އިމިގްރޭޝަންގެ އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ޖޫން 2025، 11:20

26 ޖޫން 2025، 11:20

ހިޖުރީ އައު އަހަރާ ގުޅިގެން މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވާތީ، ޕާސްޕޯޓުގެ ޚިދުމަތް މިއަދު ލިބެން ހުންނާނީ ހަމައެކަނި މާލެ ސަރަޙައްދުގެ އިމިގްރޭޝަން އޮފީސްތަކުން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކުރައްވައިފިއެވެ.

އިމިގްރޭޝަނުން ދެއްވި މަޢުލޫމާތުގައި، އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އިމިގްރޭޝަނަށް ހާޒިރުވެ، ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅޭނީ ހަމައެކަނި އެމަޖެންސީ ހާލަތްތަކުގައާއި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ކަމުގައި ބަޔާންކުރެއްވިއެވެ.

އިމިގްރޭޝަނުން އިތުރަށް ހާމަކުރެއްވި ގޮތުގައި، ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅޭނީ ހެނދުނު 09:00 އިން މެންދުރު 02:00 އަށެވެ. އަދި ޕާސްޕޯޓާ ހަވާލުވުމަށް އެ ވަގުތުތަކުގައި ނަންބަރު ދޫކުރެވޭނެ ކަމަށްވެސް އެ އިދާރާއިން ވަނީ އަންގަވާފައެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ސަރުކާރު ބަންދު ދުވަސްތަކުގައިވެސް ޚިދުމަތް ދިނުމަށް އިމިގްރޭޝަނުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ އިތުރުން، ޕާސްޕޯޓާ ގުޅޭ ޚިދުމަތްތައް އިތުރަށް ފަސޭހަކުރުމުގެ ގޮތުން، މާލެ ފިޔަވައި އެހެން ސިޓީތަކާއި އަތޮޅު ކައުންސިލް އިދާރާތަކުގައި ޕާސްޕޯޓް ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ހާމަކުރައްވާފައެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS