Ads by Stelco

ޚަބަރު

ކައުންސިލަރުންނަށް ޚާއްޞަ ޚަޠީބުކަމުގެ ކޯސް: ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ކައުންސިލަރުންނަށް ޚާއްޞަ ޚަޠީބުކަމުގެ ކޯސް: ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒު/ފޮޓޯ: ޕީއެސްއެމް

25 ޖޫން 2025، 01:41

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ކައުންސިލަރުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ޚަޠީބުކަމުގެ ޚާއްޞަ ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި ކޯހަކީ 15 ހަފްތާގެ މުއްދަތަށް ކުރިއަށްދާ ކޯހެއް ކަމަށާއި، މި ކޯހުގައި ބައިވެރިވެވޭނީ ހަމައެކަނި ފިރިހެން ކައުންސިލަރުންނަށް ކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން މަޢުލޫމާތު ދީފައިވެއެވެ. އަދި ކޯހުގެ ކިޔެވުންތައް ކުރިއަށްދާނީ ހަފްތާގެ ބަންދު ނޫން ކޮންމެ ދުވަހެއްގެ ރޭ 20:30 އިން 22:30 އަށެވެ.

ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، ކޯހަށް ކުރިމަތިލާ ފަރާތްތަކުން ސީވީއާއި، އައިޑީ ކާޑުގެ ކޮޕީ، އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓް އަދި ވަޒީފާ އަދާކުރަމުންދާ ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެކަމަށެވެ. އަދި ބައިވެރުވުމަށް ހުޅުވާލާފައިވާ މުއްދަތު އިތުރުވުމާއެކު، މި މިއަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން އެކަމަށް ކަނޑައެޅިފައިވާ ގޫގުލް ފޯމް މެދުވެރިކޮށް ކުރިމަތިލާން ޖެހޭނެއެވެ.

މި ކޯހުގެ ފުރަތަމަ ބުރުގައި ޖުމްލަ 50 ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި ކޯހަށް ކުރިމަތިލާ ފަރާތްތައް ހޮވުމުގައި ބަލާނެ މައިގަނޑު ދެ ކަމެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ކީރިތި ޤުރްއާން ފަރިތަކަމާއެކު ކިޔަން އެނގުމާއި، ދިވެހިބަހާއި ޢަރަބިބަހުގެ ކިޔުމުގެ ފަރިތަކަމެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS