Ads by Stelco

ޚަބަރު

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ފުލުހުން ހޯދަން އިޢުލާނުކޮށްފައިވާ މީހާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ޖޫން 2025، 11:45

25 ޖޫން 2025، 11:45

ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަމަށް ފުލުހުން އިޢުލާނުކޮށްފިއެވެ.

ފުލުހުން މިހާރު ހޯދަމުންދަނީ ސ. ހިތަދޫ / ޢަލީބޮޚާރީގެ، އަޙްމަދު ޝުޖާޢު (32އ) އެވެ. އޭނާ ހޯދަމުންދަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އަޙްމަދު ޝުޖާޢު ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2025 ޖޫން 25 ވަނަ ދުވަހުގެ 13:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އަޙްމަދު ޝުޖާޢު އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތްތަކުން އެ މައުލޫމާތު ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާފައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS