Ads by Stelco

ޚަބަރު

އެޗްޑީސީގެ އޮފީސް އިމާރާތުގައި ފަޔަރ ޑްރިލްއެއް ކުރިއަށް ގެންދަނީ

އެޗްޑީސީގެ އޮފީސް އިމާރާތުގައި ފަޔަރ ޑްރިލްއެއް ކުރިއަށް ގެންދަނީ

ހައުސިންގް ޑިވަލޮޕްމެންޓް ކޯޕަރޭޝަން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ޖޫން 2025، 11:45

25 ޖޫން 2025، 11:45

 އަލިފާނުގެ ހާދިސާތަކަށް އަހުލުވެރިކުރުމުގެ ގޮތުން ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަންގެ އޮފީސް ހިންގާ އިމާރާތުަގައި މިއަދު ފަޔަރ ޑްރިލް އެއް ކުރިއަށްދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ. 

އެޗްޑީސީން މަޢުލޫމާތު ދިންގޮތުގައި، މި ޑްރިލް ކުރިއަށް ގެންދަނީ އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް އަހުލުވެރިކުރުމުގެ ގޮތުންނެވެ. މި ޑްރިލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 25 ޖޫން 2025 ވާ ބުދަ ދުވަހުއެވެ.

އެޗްޑީސީން ބުނީ މިއީ ކުންފުނީގެ ސަލާމަތީ މިންގަނޑުތައް ހަރުދަނާކޮށް، ކުއްލި ހާލަތެއްގައި ތައްޔާރަށް ތިބުމުގެ ގޮތުން ކުރިއަށްގެންދެވޭ ޑްރިލްއެއް ކަމަށާއި، މި ޑްރިލްގެ ސަބަބުން އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށެވެ.

އެ ކުންފުނިން އިތުރަށް ބުނީ ޑްރިލް ކުރިއަށްދާ ވަގުތުތަކުގައި އެ ކުންފުނިން ދެމުންގެންދާ ޚިދުމަތްތައް ހޯދާ ފަރާތްތަކަށް ކުރިމަތިވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން އެ ކުންފުންޏަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައިވެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS