ޚަބަރު
ޖުލައި 28ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ހަމަޖައްސަވައިފި

ރައީސް އޮފީސް. ފޮޓޯ: ރައީސް އޮފީސް
2025 ވަނަ އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، ޖުލައި 28 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
2025 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށްވުމާއެކު، މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުވާ ޖުލައި 27 ވާ އާދީއްތަ ދުވަހު ބާއްވާ ހަރަކާތްތަކުގެ އިތުރުން، ޖުލައި 28 ވާ ހޯމަ ދުވަހުގެ ޕްރޮގްރާމުގައިވެސް މުހިންމު ގިނަ ކަންތައްތަކެއް ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވޭ ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވުމަށް ފުރުސަތު ދިނުމުގެ ގޮތުން، އަދި މި އަހަރަކީ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށްވުމާއެކު، ޖުލައި 28 ވަނީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައެވެ.