Ads by Stelco

ޚަބަރު

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އައްޑޫގައި ބޮޑު އޮޕަރޭޝަނެއް

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އައްޑޫގައި ބޮޑު އޮޕަރޭޝަނެއް

އިމިގްރޭޝަނުން މާލޭގައި ހިންގި އޮޕަރޭޝަނެއްގެތެރެއިން. ފޮޓޯ: އިމިގްރޭޝަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ޖޫން 2025، 09:23

25 ޖޫން 2025، 09:23

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން އައްޑޫ ސިޓީގައި މިއަދު އޮޕަރޭޝަނެއް ފަށައިފިއެވެ. 

މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ 25 އެއްހާ އޮފިސަރުންނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ 25 އެއްހާ އޮފިސަރުން ބައިވެރިވެއެވެ.

އައްޑޫ ޕޮލިސް ސްކޫލްގައި ކުރިއަށްގެންދިޔަ ޚާއްސަ ބްރީފިންއަކަށްފަހު ހެނދުނު 7:00 ޖެހިއިރު ފެށި މި އޮޕަރޭޝަންގައި 13 ޓީމަކަށް ބަހާލައިގެން އައްޑޫ ސިޓީގެ ހުރިހާ އަވަށެއް ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އޮޕަރޭޝަންގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީޙާއި އެ އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

އޮޕަރޭޝަނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އަޙްމަދު ފަސީޙު ވިދާޅުވީ، މި އޮޕަރޭޝަންގެ ތެރެއިން އަތޮޅުތަކުގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. 

އަޅުގަނޑު ބުނަން ބޭނުންވަނީ ދެނެއް ރަށްރަށުގައިވެސް ފިލައިގެން އުޅުމުގެ ފުރުޞަތު ބިދޭސީންނަކަށް ނޯންނާނެއޭ. އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ ވީހާވެސް އަވަހަށް ޤާނޫނީ އިމުގެ ތެރެއަށް ހުރިހާ މަސައްކަތްތެރިން ވަންނަވާށޭ.

ފަސީޙު ވިދާޅުވިއެވެ.

އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމާއި، ޢާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ އަދުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. މީގެ އިތުރުން، ޤަވާއިދާ ޚިލާފަށް ބިދޭސީ މަސައްކަތްތެރިންނާ މެދު ޢަމަލުކުރާ ފަރާތްތަކަށްވެސް ފިޔަވަޅު އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS