Ads by Stelco

ޚަބަރު

ގޯސްވެފައިވާ މެދުއިރުމަތީގެ ޙާލަތާއި ގުޅިގެން ކުރާނެ އަސަރުތައް ދެނެގަތުމަށް ޤައުމަތަކާއި އެކު މަޝްވަރާފަށައިފި

ގޯސްވެފައިވާ މެދުއިރުމަތީގެ ޙާލަތާއި ގުޅިގެން ކުރާނެ އަސަރުތައް ދެނެގަތުމަށް ޤައުމަތަކާއި އެކު މަޝްވަރާފަށައިފި

ވަޒީރު ޚަލީލް. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ޖޫން 2025، 01:38

24 ޖޫން 2025، 01:38

މެދުއިރުމަތީގެ ހަލަބޮލި ހާލަތާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ދޭދޭ ޤައުމުތަކާ މަޝްވަރާކުރަމުންދާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި، ޔަހޫދީ ޒަޔަނިސްޓް ދައުލަތުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ހާލަތު ގާތުން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަޒީރުންގެ ކޮމިޓީއެއް އުފައްދަވާފައިކަމަށެވެ.

ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައިވެސް ބައެއް ޚާރިޖީ ވަޒީރުންނާ ބައްދަލުކުރެއްވި ކަމަށާއި އޭގެ ތެރޭގައި އީރާންގެ ޚާރިޖީ ވަޒީރާ ވެސް ބައްދަލުކުރެއްވި ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު އިތުރަށް ވިދާޅުވީ މިފަދަ ހާދިސާތަކުން ރާއްޖެއަށް ކޮށްފާނެ އަސަރުވެސް ދެނެގަތުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށެވެ.

އެ ސަރަޙައްދުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ގާތުން ބަލަމުންދާ ކަމަށާއި، ރާއްޖެއަށް މިކަންކަމުން ކުރާނެ އަސަރުތައް ދެނެގަނެ، އެހީތެރިކަމެއް ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބައެއް ޤައުމުތަކާއެކު މަޝްވަރާކުރަމުންދާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ސްޓޭންޑަކީ ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން ޤައުމުތަކުން ވާހަކަދައްކައިގެން މައްސަލަތަކަށް ހައްލު ހޯދުން ކަމަށެވެ. 

"އެއްގައުމު އަނެއްޤައުމަށް ހަމަލާ ދިނުމަކީ އެއްގޮތަކަށްވެސް ސުލްހަވެރި ގޮތެއްގައި ކަންކަން ހައްލުކުރުމަށްޓަކައި އޮތް ދޮރާއްޓެއް ނޫން," ވަޒީރު ވިދާޅުވިއެވެ.

އީރާނާއި އިޒްރާއިލާއި ދެމެދު ކުރިއަށްދިޔަ ހަމަލާތައް ބަދަލުކުރުން މިހާރުވަނީ ހުއްޓާލައިފައެވެ. 

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS