Ads by Stelco

ޚަބަރު

ހިޔާވަހި ފައިނޭންސް ޕްރޮގްރާމްގެ ދަށުން ހިންގާ ރަށްވެހި ސްކީމަށް މިހާތަނަށް 1300އަށްވުރެ ގިނައިން ހުށައަޅައިފި

ހިޔާވަހި ފައިނޭންސް ޕްރޮގްރާމްގެ ދަށުން ހިންގާ ރަށްވެހި ސްކީމަށް މިހާތަނަށް 1300އަށްވުރެ ގިނައިން ހުށައަޅައިފި

ވަޒީރު މުއްޠަލިބް. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ޖޫން 2025، 01:38

24 ޖޫން 2025، 01:38

ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގެ ތެރޭގައި ހިމެނޭ ރަށްވެހި ސްކީމަށް އެދި 1300އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މި މަޢުލޫމާތު ހާމަކުރެއްވީ، ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގެ ސްކީމްތަކަށް ލޯނު ދޫކުރުމަށް، އެ ވުޒާރާއާއި ބީއެމްއެލް އިސްލާމިކާއި ދެމެދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތަޢާރަފުކުރި މި ޕްރޮގްރާމަކީ، ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ޚާއްޞަކޮށްގެން ތަޢާރަފުކުރި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން މާލޭގެ ތޮއްޖެހިފައިވާ ސަރަޙައްދުތަކުގައި ކުދި ގޯތިތައް އެއްކޮށްގެން ގެދޮރު އިމާރާތްކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދެއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، “ރަށްވެހި ފައިނޭންސިންގ ސްކީމް" އަށް 1329 އެޕްލިކޭޝަން ލިބިފައިވާއިރު، "ސަހަރު ފައިނޭންސިންގ ސްކީމް" އަށް 586 އެޕްލިކޭޝަނާއި، "ފަހިމާލެ ފައިނޭންސިން ސްކީމް" އަށް 341 އެޕްލިކޭޝަން ލިބިފައިވެއެވެ.

މި ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ބީއެމްއެލްއާއެކު ސޮއިކޮށްފައިވާއިރު، ލޯނުގެ އިންޓަރެސްޓް ރޭޓަކީ 5 އިންސައްތައެވެ. އަދި ކުރިއަށް އޮތްތަނުގައި އެޗްޑީއެފްސީ އަދި އެމްއައިބީއާއެކުވެސް އެއްބަސްވުންތަކުގައި ސޮއިކުރެވޭނެކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

މި ސްކީމަށް ސަރުކާރުން މިއަހަރުގެ ބަޖެޓުގައި 1 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ބޭންކުތަކުން ފައިނޭންސިން ދޫކުރާއިރު ޖުމްލަ 2 ބިލިޔަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ. ވަޒީރު ވިދާޅުވިގޮތުގައި ޖުލައި މަހުގެ ތެރޭގައި ބޭންކުތަކުން އިވެލުއޭޝަންގެ މަސައްކަތް ފެށޭނެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS