Ads by Stelco

ޚަބަރު

އަންހެނުން ޑިޕްލޮމަސީގައި އަދާކުރާ މުހިންމު ދައުރު މިއަދު ފާހަގަކުރަންޖެހޭ: ރައީސް މުޢިއްޒު

އަންހެނުން ޑިޕްލޮމަސީގައި އަދާކުރާ މުހިންމު ދައުރު މިއަދު ފާހަގަކުރަންޖެހޭ: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ޖޫން 2025، 10:52

24 ޖޫން 2025، 10:52

ބައިނަލްއަޤްވާމީ އަންހެނުންގެ ޑިޕްލޮމަސީ ދުވަސް ފާހަގަކުރާއިރު، އަންހެނުން ޑިޕްލޮމަސީގައި އަދާކުރާ މުހިންމު ދައުރު ފާހަގަކުރަންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރެވޭ މި ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ރައީސް މުޢިއްޒު ވިދާޅުވީ، މި ދުވަސް ފާހަގަކުރުމަށް އދ. ގައި ހުށަހެޅި ޤަރާރު ތަޢާރަފުކުރި ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭތީ އެކަމާ ފަޚުރުވެރިވާ ކަމަށެވެ.


އަންހެނުން ޑިޕްލޮމަސީގައި އަދާކުރާ ދައުރު ފުޅާކޮށް، އަންހެނުންނާއި އަންހެން ކުދިންގެ އަޑު އިވި، އެފަރާތްތަކަށް އިޙްތިރާމް ލިބޭ މާހައުލެއް ޤާއިމްކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރާނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ސުލްހައާއި ތަރައްޤީގެ މަގުގައި އަންހެނުންނަކީ އިސް ދައުރެއް އަދާކުރާ ބައެއްގެ ގޮތުގައި ދެމިތިބޭނެ ކަމަށް ދިވެހިރާއްޖެއިން ޤަބޫލުކުރަން 

ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު

އަންހެނުންގެ ޑިޕްލޮމަސީ ދުވަސް ފާހަގަކުރަން ފެށީ 2022 ވަނަ އަހަރުން ފެށިގެންނެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، އެކަން ކުރިއެރުވުމެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS