Ads by Stelco

ޚަބަރު

މެދުއިރުމަތީގައި ދިރިއުޅޭ ދިވެހިން އެ ޤައުމުތަކުގެ ސަރުކާރުން ދޭ އިރުޝާދުތަކަށް ޢަމަލުކުރައްވާ: ޚާރިޖީ ވަޒީރު

މެދުއިރުމަތީގައި ދިރިއުޅޭ ދިވެހިން އެ ޤައުމުތަކުގެ ސަރުކާރުން ދޭ އިރުޝާދުތަކަށް ޢަމަލުކުރައްވާ: ޚާރިޖީ ވަޒީރު

ޚާރިޖީ ވަޒީރު ޢަބްދުﷲ ޚަލީލް. ފޮޓޯ: ވުޒާެރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ޖޫން 2025، 09:25

24 ޖޫން 2025، 09:25

މެދުއިރުމަތީގެ ސަރަޙައްދުގައި ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، އެ ސަރަޙައްދުގައި ދިރިއުޅޭ އަދި ދަތުރުފަތުރުކުރާ ދިވެހިން އެ ޤައުމުތަކުގެ ސަރުކާރުތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޚަލީލް އިލްތިމާސްކުރައްވައިފިއެވެ.

މެދުއިރުމަތީގެ ސަރަޙައްދުގެ ހާލަތު ގޯސްވަމުންދާ ވަގުތެއްގައި، އެކްސް މެދުވެރިކޮށް ޚާރިޖީ ވަޒީރު ވިދާޅުވީ، މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މިދަނޑިވަޅުގައި، އެ ސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު މިނިސްޓްރީން އަދި މިޝަންތަކުން ވަރަށްގާތުން ބަލަމުންދާ ކަމަށެވެ.

ޚާރިޖީ ވަޒީރު މިފަދައިން އިލްތިމާސް ކުރައްވައިފައިވަނީ އީރާނާއި އިޒްރާއިލާއި ދެމެދު ހިނގަމުންދިޔަ ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަދެ އީރާނަށް އެމެރިކާއިން ދިން ހަމަލާތަކާއި ގުޅިގެން އެމެރިކާއަށް އޭގެ ޖަވާބު ދިނުމަށް އީރާނުން ޤަޠަރުގައި ހުންނަ އެމެރިކާގެ ޢަސްކަރީ މަރުކަޒަކަށް ހަމަލާދިނުމާއި ގުޅިގެނެވެ.



ޤަޠަރުގައި ހުރި އެމެރިކާގެ ޢަސްކަރީ މަރުކަޒަށް ދިން ހަމަލާއަށްފަހު މިހާރު ޢިރާޤުގައި ހުރި އެމެރިކާގެ ޢަސްކަރީ މަރުކަޒަކަށް އީރާނުން ހަމަލާ ދިންކަމަށްވެސް ޚަބަރުތައް ބުނަމުންދެއެވެ.

 މި ހަމަލާތަކާ ގުޅިގެން ސަރަޙައްދުގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަޙައްދުތައް ވަނީ ބަންދުކޮށްފައެވެ.

މިކަމާއި ގުޅިގެން ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، މި ސަރަޙައްދުގައި ދިރިއުޅުއްވާ އަދި މިވަގުތު ޒިޔާރަތްކުރައްވަމުން ގެންދަވާ ދިވެހި ރައްޔިތުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށާއި، އެ ޤައުމުތަކުގެ ސަރުކާރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށެވެ.

މެދުއިރުމަތީގެ ސަރަޙައްދުގައި ދިމާވެފައިވާ ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަޙައްދުގައި ދިރިއުޅޭ ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަން ޚާރިޖީ ވަޒީރު ވަނީ އިތުރަށް ފާހަގަކުރައްވައިފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS