Ads by Ministry of Arts, Culture and Heritage

ޚަބަރު

މާލެ އާއި ފުނަދޫ ގުޅުވާލުމަށް މޮނޮރޭލް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މާލެ އާއި ފުނަދޫ ގުޅުވާލުމަށް މޮނޮރޭލް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ބީޔޫސީޖީ ކުންފުނީގެ ޖެނެރަލް މެނޭޖަރު ލުއޯ ވެއި އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް ފޮޓޯ:އެމްއޭސީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 އޮކްޓޯބަރު 2024، 09:03

15 އޮކްޓޯބަރު 2024، 09:03

މާލެ އާއި ފުނަދޫ ގުޅުވާލުމަށް މޮނޮރޭލް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ބީޔޫސީޖީގެ ފަރާތުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ލުއޯ ވެއި އާއި އެމްއޭސީއެލްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފެވެ.

އެމްއޭސީއެލްއިން ސޯޝަލް މީޑިއާގައި ޝާއިޢުކުރި ޕޯސްޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫޢަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ފުޅާކުރުމާއި އިޤްތިޞާދީ ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މުހިންމު ބައެކެވެ. މި މަޝްރޫޢުގެ ތެރޭގައި ހުޅަނގު ފަރާތުގެ ވިޔަފާރި މަރުކަޒާއި ރޭލް ދަތުރުފަތުރުގެ ނިޒާމު ތަރައްޤީކުރުން ހިމެނެއެވެ.

Today, our CEO & MD @shareefmaldives, signed an MOU with BUCG GM Luo Wei for the West Side Commercial Hub and Rail Transport Development, as part of the @VelanaAirport Expansion and Economic Zone Development project. pic.twitter.com/O4vAnFZkj6
— Maldives Airports Company Ltd (@MACLmedia) October 14, 2024

މި މަޝްރޫޢަށް ފައިނޭންސް ކުރާނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) އިން ކަމަށް އިޤްތިޞާދީ ވަޒީރު ކުރިން ވަނީ ހާމަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ފުނަދޫގައި ސީޕްލޭން ޓާމިނަލެއް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށާއި، ހުޅުލެއިން ސީޕްލޭން ޓާމިނަލަށް ބްރިޖު އަޅައި ދަތުރުފަތުރު ކުރުމަށް މަގުފަހިކޮށްދެއްވާނެ ކަމަށެވެ.

މި މަޝްރޫޢު ފުރިހަމަވުމުން ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި:

1. މާލެ އާއި ފުނަދޫ ދެމެދު ދަތުރުފަތުރު ފަސޭހަވެ، ވަގުތު ސަލާމަތްވުން.

2. އިގްތިޞާދީ ގޮތުން އައު ވަޒީފާގެ ފުރުޞަތުތައް އުފެދި، ވިޔަފާރިތަކަށް ކުރިއެރުން ލިބުން.

3. ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުން ލިބި، ޓޫރިސްޓުންގެ ތަޖުރިބާ އިތުރަށް ފުރިހަމަވުން.

4. ތިމާވެށްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމްވެ، ވައިގެ ތަޣައްޔަރުވުން މަދުވުން.

5. ސަރަޙައްދީ ތަރައްޤީއަށް މަގުފަހިވުން

Ads by Ministry of Arts, Culture and Heritage

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450