Ads by Stelco

ޚަބަރު

ނުކުޅެދުންތެރިންކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި މެއިމަހު 50.7 ރުފިޔާ ދޫކުރެވުނު

ނުކުޅެދުންތެރިންކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި މެއިމަހު 50.7 ރުފިޔާ ދޫކުރެވުނު

އެންސަޕާގެ އޮފީސް. ފޮޓޯ: މިހާރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ޖޫން 2025، 01:11

22 ޖޫން 2025، 01:11

ނުކުޅެދުންތެރިކަން ހުންނަ 14,000 އަށްވުރެ ގިނަ ފަރާތަކަށް މެއިމަހު މާލީ އެހީގެ ގޮތުގައި 50.7 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ހާމަކޮށްފިއެވެ.

އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެއިމަހު މާލީ އެހީ ދޫކޮށްފައިވަނީ 14,144 ފަރާތަކަށެވެ. އެ އެޖެންސީގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީވެފައިވަނީ 14,308 މީހުންނެވެ. މީގެ ތެރޭގައި 18 އަހަރުން ދަށުގެ 4,700 ކުދިން ހިމެނެއެވެ. އަދި މެއިމަހު އަލަށް 156 މީހަކު ދަފްތަރުގައި ހިމަނާފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެލަވަންސް ދޭން ފެށީ 2011 ވަނަ އަހަރުއެވެ. އޭރު ދެމުން އައި އެލަވަންސްގެ އަދަދު މިދިޔަ އަހަރު ވަނީ 3,000 ރުފިޔާއަށް އިތުރުކޮށްފައެވެ. މިއީ އެފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.

ސަރުކާރުން މިހާރު ދަނީ "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު" އެކުލަވާލައި، އަދާހަމަކުރަމުންނެވެ. މި ދަފްތަރަކީ އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މުހިންމު މަޢުލޫމާތުތަކެއް އެކުލެވޭ ދަފްތަރެކެވެ.

މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމަށް ޚާއްޞަ ޑޭޓާބޭސްއެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި އެފަރާތްތައް މުޖުތަމަޢުން އެކަހެރިވެފައިވާ މިންވަރު ކުޑަކޮށް، އުފާވެރި މާހައުލެއް ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ.

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS