Ads by Stelco

ޚަބަރު

މިވަގުތު ރާއްޖޭގައި މަސައްކަތްކުރަމުންދާ މުދައްރިސުންގެ 4 އިންސައްތައަކީ ޓްރެއިންނުވެ މަސައްކަތްކުރާ މުދައްރިސުން

މިވަގުތު ރާއްޖޭގައި މަސައްކަތްކުރަމުންދާ މުދައްރިސުންގެ 4 އިންސައްތައަކީ ޓްރެއިންނުވެ މަސައްކަތްކުރާ މުދައްރިސުން

ތަޢުލީމީ ވަޒީރު ޑރ އިސްމާޢިލް ޝަފީޢު. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ޖޫން 2025، 12:52

22 ޖޫން 2025، 12:52

މިވަގުތު ރާއްޖޭގައި މަސައްކަތްކުރަމުންދާ މުދައްރިސުންގެ ތެރެއިން 4 އިންސައްތައަކީ ޓްރެއިންނުވެ، ބަދަލު މުދައްރިސުންގެ ގޮތުގައި މަސައްކަތް ކުރާ މުދައްރިސުން ކަމަށް ތަޢުލީމީ ވަޒީރު ޑރ އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެެއެވެ. 

ވަޒީރު މިހެން ވިދާޅުވީ މަތީ މަތީ އަރުތަވެރިނމްގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ 

 

މުދައްރިސުން ތަމްރީންކުރުމުގެ ޤައުމީ ޕްރޮގުރާމްގެ ތެރެއިން، ޚާއްސަ އިނާޔަތެއް ދީގެން މުދައްރިސްކަން ކިޔެވުމަށް ޝައުޤުވެރިކުރުމުގެ ވިސްނުން ހުރިކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި މިވަގުތު ރާއްޖޭގައި މަސައްކަތްކުރަމުންދާ މުދައްރިސުންގެ 4 އިންސައްތައަކީ ޓްރެއިންނުވެ، ބަދަލު ޓީޗަރުންގެ ގޮތުގައި މަސައްކަތްކުރާ މުދައްރިސުންނެވެ. އެންމެ މަދީ ޕްރައިމަރީ ގުރޭޑުތަކަށް ކިޔަވައިދޭ މުދައްރިސުންނާއި ދިވެހި، އިސްލާމް އަދި ޤުރުއާން މާއްދާ ކިޔަވައިދޭ މުދައްރިސުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި ކިޔަވައިދޭ މުދައްރިސުންގެ ތެރެއިން 74 އިންސައްތައަކީ ދިވެހިން. ބިދޭސީންގެ އިންސައްތައަކީ 22. އަދިވެސް 200 އެއްހާ ޕްރައިމަރީ ޓީޗަރުން ބޭނުންވޭ. އަދި 600 އެއްހާ ސެން ޓީޗަރުން ބޭނުންވޭ،" ވަޒީރު ވިދާޅުވިއެވެ.

ސްޕެޝަލް އެޑިޔުކޭޝަނަލް ނީޑްސް (ސެން) ޓީޗަރުން ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ދިމާވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ސެން ޓީޗަރުން ތަމްރީނުކުރުމުގެ ޚާއްސަ ޕްރޮގްރާމެއް މިއަހަރު ފަށްޓަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަހަރަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މުދައްރިސުން ކިޔަވާ އެއް އަހަރުކަމަށް ތަޢުލީމީ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. މިގޮތުން 600 އަށްވުރެ ގިނަ ދަރިވަރުން މިހާރު އަންނަނީ މުދައްރިސްކަން ކިޔަވަމުންނެވެ. ނަމަވެސް ތަޢުލީމީ ދާއިރާއަށް މިވަގުތު 2،400 އަށްވުރެ ގިނަ މުދައްރިސުން ބޭނުންވާކަން ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކުރެއްވީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމަކީ މުދައްރިސުން ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS