ޚަބަރު
ފަތުރަމުންދާ ކްލިޕްގައި ދެކެވުނު ވާހަކައަކީ އީރާނާއި އިޒްރާއިލް ހަނގުރާމައާއި ގުޅޭ ވާކައެއްނޫން: ޝައިޚް ޝަމީމް

ޝައިޚް އާދަމް ޝަމީމް. ފޮޓޯ: ޖަމިއްޔަތުއް ސަލަފް
ހުލާސާ
ރާއްޖޭގެ ގިނަ ބައެއްގެ އިޙްތިރާމާއި ލޯބި ހޯދައިފައިވާ އައްޝައޚިް އާދަމް ޝަމީމް އިޒްރާއިލަށް ތާއީދު ކުރާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ އޯޑިއޯ ކްލިޕްގެ ހަޤީޤަތް ޝައިޚް ހާމަކުރައްވައިފިއެވެ.
ޝައިޚް ޝަމީމް ވިދާޅުވެފައިވަނީ އެއޯޑިއޯ ކްލިޕްކޮޅުގައި އިވިގެން އެދަނީ އީރާނާއި އިޒްރާއިލާއި ދެމެދު ހިނގަމުންދާ ހަނގުރާމައާއި ގުޅޭ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެއޯޑިއޯ ކްލިޕްގައި އިވިގެންއެދާ ވާހަކަތަކަކީ ޝައިޚް ބާއްވަމުންދާ ކްލާހެއްގެ ދަރުސްއެއްގައި ދެކެވުނު ބިދުޢަ އާއި ގުޅޭ ވާހަކަތަކެއް ކަމަށެވެ.
މިވާހަކަތަކަކީ ކޮންމެހެން ކިޔައިދޭން ޖެހޭ ވާހަކަތަކެއް ކަމަށާއި ނަމަވެސް އެވާހަކަފުޅުގައި މިއަދުގެ މިޙާލަތައް ރިޢާޔަތްކޮށް ވާހަކަފުޅު ދައްކަވައިފައިނުވާނެ ކަމަށް ޝައިޚް ޝަމީމް ވިދާޅުވިއެވެ.
ޝައިޚްގެ އަބުރުފުޅަށް ހުތުރުވާހެން ޝައިޚްއަކީ އިޒްރާއިލަށް ތާއީދު ކުރާ ބޭފުޅެއް ކަމަށްބުނެ ފަތުރަމުންދާ އޯޑިއޯ ކްލިޕާއި ބެހޭ ހަޤީޤަތް އޮޅުން ފިލުވައިދެއްވާ މިހާރު ސޯޝަލް މީޑިއާއަށް ދޫކުރައްވައިފައިވާ އޯޑިއޯގައި ޝައިޚް ވިދާޅުވެފައިވަނީ އީރާނުގެ ޝިޔަޢީންގެ އަޤީދާގައި އެޤަބޫލުކުރާ ޤަބޫލުކުރުންތައް ހުރިކަމުގައި ވިޔަސް އީރާނުން އިޒްރާއިލަށް ހަަމަލާދެމުންދާތީ އުފާފުޅު ކުރައްވާކަމަށެވެ.
ޝައިޚް ވިދާޅުވީ އިޒްރާއިލަކީ މުސްލިމުންގެ އެންމެ ބޮޑު ޢަދުއްވުން ކަމަށާއި އިޒްރާއިލަކީ އިންސާނިއްޔަތުގެވެސް ޢަދުއްވެއް ކަމަށެވެ.
ޝައިޚް ވިދާޅުވީ އިޒްރާއިލަށް ނިކަމެތިކަން ދެނީ ކޮންމެ ބައެއް ކޮންމެ ޤައުމެއް ކަމުގައިވިޔަސް އެބަޔަކާއި އެކު ޝައިޚް ހުންނަވާނެ ކަމަށެވެ.
އީރާނަކީ ޝިޔަޢީ އަޤީދާ ޤަބޫލު ކުރާ ބަޔަކަށްވާތީ އީރާނުން މުސްލިމުންގެ އެންމެ ބޮޑު ޢަދާވާތްތެރިން ކަމުގައިވާ އިޒްރާއިލަށް ހަމަލާތައްދީ އެމީހުން ބަލިކުރަމުންދާއިރު އީރާނަށް ތާއިދު ކޮށް ވާހަކަދެކުއްމާއި ދެކޮޅަށާއި އެއްކޮޅަށްވެސް ސޯޝަލް މީޑިއާގައި ދަނީ ބަހުޘް ތައް ކުރެވެމުންނެވެ.
ހިތާމަކުރަން ޖެހޭ ކަމަކީ މިދަނޑިވަޅުގައިވެސް އެއްބަޔަކު އަނެއްބަޔަކު ކާފިރުކުރުމާއި އެކު އެއްބަޔަކު އަނެއް ބަޔަކަށް ފާޑު ކިޔައި އަގުވައްޓާލަން މަސައްކަތް ކުރަމުންދާ ކަމެވެ.