Ads by Stelco

ޚަބަރު

ހައްޖަށް މީހުން ފޮނުވުމުގައި އުސޫލާ ހިލާފުވެފައި ނުވާނެ: ޝަކީލް

ހައްޖަށް މީހުން ފޮނުވުމުގައި އުސޫލާ ހިލާފުވެފައި ނުވާނެ: ޝަކީލް

ހައްޖަށް ފުރުމަށް ހައުޖުވެރިން އެއާރޕޯޓަށް ގޮސް---

21 ޖޫން 2025، 11:52

ހައްޖަށް މީހުން ފޮނުވުމުގައި އުސޫލާ ހިލާފަށް އެއްވެސްކަމެއް ކޮށްފައިނުވާނެކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

"ސަންގު" ޓީވީއަށް ދިން އިންޓަވިއުއެއްގައި ޝަކީލް ވިދާޅުވީ، ހައްޖަށް މީހުން ފޮނުވުމުގައި އަމަލުކުރަންޖެހޭ ގޮތްތަކުގެ އުސޫލުތަކެއް އެ ކޯޕަރޭޝަނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ވެސް އޮންނަކަމަށެވެ. އަދި މި އުސޫލުތަކުގެ ބޭރުން އެއްވެސް މީހަކު ހައްޖަށް ފޮނުވާފައި ނުވާނެކަމަށް ވިދާޅުވިއެވެ. 

ހައްޖަށް މީހުން ފޮނުވިގޮތާމެދު ލިބެމުންދާ ފާޑު ކިއުންތަކަށް އިޝާރާތްކުރައްވައި ޝަކީލް ވިދާޅުވީ، ފާޑުކިޔާ ފަރާތްތަކަށް މި ފަހަރު ހައްޖުގެ ކަންކަމުން ފާޑުކިޔާނެކަމެއް ހަގީގަތުގައި ނުފެންނަ ކަމަށާއި، އެހެންކަމުން ދެން ކުރެވޭނީ ތުހުމަތުތަކެއް ކަމަށެވެ.

ޝަކީލް ވިދާޅުވީ، ހައްޖައްދާ މީހުންގެ ކަންކަން ބެލެހެއްޓުމަށް އެ ކޯޕަރޭޝަންގެ މުވައްޒަފުން އެމީހުންނާއެކު ދަތުރުކުރާތީ އެކަމާ ވެސް ފާޑު ވިދާޅުވެފައިވާކަމަށާއި، ނަމަވެސް ހައްޖުވެރިންގެ ކަންކަމުގެ ޒިންމާ އުފުލާނީ ހައްޖު ކޯޕަރޭޝަނުން ކަމުގައިވާއިރު، އެ މީހުންގެ ކަންކަން ބެލެހެއްޓުމަށް ކޯޕަރޭޝަންގެ މުވައްޒަފުން ނުގޮސް ހަމަޖެއްސޭނެ ގޮތެއް ނޯންނާނެކަމަށެވެ.

މިސާލަކަށް އަޅުގަނޑު ހައްޖު ކޯޕަރޭޝަންގެ ވެރިއެއްގެ ހައިސިއްޔަތުން ސައުދި އަރަބިއްޔާއަށް ދިޔައިމަ އަޅުގަނޑުވެސް ކިޔު ފަޅާފަ ހައްޖަށް ދަނީއޭ ބުނެ އަދި ހަމައެއާއިއެކޮށް ހައްޖުވެރިންނަށް ހިދުމަތް ފޯރުކޮށްދިނުމަކީ ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ޒިންމާއަކަށް ވާއިރުގައި ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުން ޖުމްލަ ގޮތެއްގައި ސައުދީ އަރބިއްޔާއަށް ހައްޖުވެރިން ގޮވައިގެން ދިއުމުން އެކަމަށް ވެސް އެބަ ފާޑުކިޔޭ.

ޝަކީލް ވިދާޅުވިއެވެ.

މި އަހަރު ހައްޖުވެރިންގެ ކަންކަން ވަރަށް ފުރިހަމައަށް ހަމަޖައްސަވާފައިވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން މި އަހަރު ޙައްޖުވެރިންނަށް ލިބުނު އެންމެ ބޮޑު އެއް ލުޔަކީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނާފައިވުމެވެ. އެއާއެކު ރާއްޖެއިން ޙައްޖަށްދާ ފަރާތްތަކުން ޖިއްދާ އެއަރޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު މަދުވާނެއެވެ. މި އިނީޝިއޭޓިވްގެ ދަށުން، ސަޢުދީގެ އިމިގްރޭޝަނުން ފުރިހަމަ ކުރަންޖެހޭ ކަންކަން ޙައްޖުވެރިންވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފުރިހަމަކޮށްފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS