Ads by Stelco

ޚަބަރު

ރާއްޖޭގެ ބައެއް ތާރީޚީ ބިނާތައް ސާފުކުރުމަށް ވެމްކޯއާ ހަވާލުކޮށްފި

ރާއްޖޭގެ ބައެއް ތާރީޚީ ބިނާތައް ސާފުކުރުމަށް ވެމްކޯއާ ހަވާލުކޮށްފި

ދެ މުއައްސާސެގެ ދެމެދުގައި އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު. ފޮޓޯ: ވެމްކޯ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޖޫން 2025، 11:14

21 ޖޫން 2025، 11:14

ރާއްޖޭގެ ތާރީޚީ ބިނާތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށް ގެންދިއުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްފިއެވެ.

އިއްޔެ ވެމްކޯގެ މައި އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކުރުމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ވެމްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޔާނިޢު ހާޝިމެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލެވެ.

މި އެއްބަސްވުމުގެ ދަށުން، ވެމްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ހުރި، ފަސޭހައިން ވާސިލުވެވޭ އާސާރީ ތަންތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމުގެ މަސައްކަތް ވެމްކޯއިން ކުރިއަށް ގެންދާނެއެވެ. އެގޮތުން ކޮންމެ ތިން މަހަކުން އެއްފަހަރު މި ފަދަ ތަރިކައިގެ ބިނާތައް ބަލައި، ވެކިއުމްކޮށް، އަދި އެ ތަންތަނުގެ ޒީނަތްތެރިކަމަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ވެސް ފޯރުކޮށްދޭނެއެވެ.

ދިވެހިރާއްޖޭގެ ތަރިކަ ރައްކާތެރިކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށާއި، މި ގައުމީ މަސައްކަތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެއްބާރުލުން ލިބެމުންދާކަން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS