Ads by Stelco

ޚަބަރު

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް 3 މެމްބަރުން އިންތިޚާބުކޮށްފި

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް 3 މެމްބަރުން އިންތިޚާބުކޮށްފި

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ހޮވުނު 3 މެމްބަރުން/ފޮޓޯ: ޕީއެސްއެމް

20 ޖޫން 2025، 04:44

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް 3 މެމްބަރުން އިންތިޚާބުކޮށްފި އެވެ. އެގޮތުން، އެ ކޮމިޓީއަށް ނައިބް ރައީސަކާއި އެކު އިތުރު ދެ މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.

ބާ ކައުންސިލަށް މެންބަރުން އިންތިޚާބުކޮށްފައިވަނީ، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސާއި 4 މެންބަރުންގެ ދައުރު 14 ޖުލައި 2025 ގައި ހަމަވުމާއި ގުޅިގެންނެވެ. މިކަމާއި ގުޅިގެން އެކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް އެންމެ ފުރަތަމަ ބާއްވާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެއަށްފަހު، އިއްޔެ ވަނީ "ފަހިވޯޓު" މެދުވެރިކޮށް އޮންލައިންކޮށް އިންތިޚާބުގެ ދެވަނަ ބުރު ބާއްވާފައެވެ.

މި އިންތިޚާބުގައި ވޯޓުލުމަށް 1086 ޤާނޫނީ ވަކީލުން ރަޖިސްޓްރިވެފައިވާއިރު، ވޯޓުގެ އަޣުލަބިއްޔަތުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސްކަމަށް 291 ވޯޓާއެކު އަލްއުސްތާޛު އިބްރާހީމް ޝަމީލް ވަނީ ހޮވިފައެވެ. އަދި އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް، އަލްއުސްތާޛު ޢަބްދުالله ނާހިދު ހޮވިފައިވަނީ 294 ވޯޓާއެކު އެވެ. ހަމަ އެހެންމެ، 284 ވޯޓާއެކު އަލްއުސްތާޛު އަޙްމަދު ޝާފިޢު ވެސް ވަނީ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް އިންތިޚާބުވެފައެވެ.

މި ތިން ބޭފުޅުން ބާ ކައުންސިލްގެ އެގްޒްކެޓިވް ބޯޑަށް އިންތިޚާބުވެފައިވާއިރު، ޝަރުތުހަމަވި 5 ކެނޑިޑޭޓުން ވަނީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS