Ads by Stelco

ޚަބަރު

އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސީޕީ ނަވީންގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސީޕީ ނަވީންގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ސީޕީ ނަވީން އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާއި ބައްދަލުކުރެއްވުން/ފޮޓޯ: ފުލުހުން

18 ޖޫން 2025، 05:41

އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު ޙަސަން އަލް-ޙަމާދީ، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ދެ ބޭފުޅުން ބައްދަލުކުރައްވާފައި ވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާކަމަށްވާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައި ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.

މި ބައްދަލުކުރެއްވުމުގައި، ޢާންމު ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފަ އެވެ. ހަމަ އެހެންމެ، ޢާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އުރީދޫ މޯލްޑިވްސް އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އުރީދޫ މޯލްޑިވްސްއިން ވަނީ، އެފަރާތުން އިސްނަގައިގެން އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ "އުރީދޫ ފަން ރަން" ގައި ބައިވެރިވެވަޑައިގަތުމަށް ކޮމިޝަނަރ އޮފް ޕޮލިސްއަށް ދަޢުވަތު އަރުއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS