Ads by Stelco

ޚަބަރު

ޝަރީޢަތް ނިމެންދެން ޝަމްޢާން ބަންދުގައި ބަހައްޓަން ކުރި ޙުކުމް ބާޠިލް ނުކުރެވޭނެ: ސްޕްރީމް ކޯޓު

ޝަރީޢަތް ނިމެންދެން ޝަމްޢާން ބަންދުގައި ބަހައްޓަން ކުރި ޙުކުމް ބާޠިލް ނުކުރެވޭނެ: ސްޕްރީމް ކޯޓު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ވަޙީދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ޖޫން 2025، 04:18

18 ޖޫން 2025، 04:18

މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަޣުލަބިއްޔަތުން މި ނިންމުން ނިންމާފައިވަނީ، ކްރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކުރުމާ ގުޅިގެން ޝަމްޢާންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.

ޝަމްޢާން ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މާރިޗު 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ކްރިމިނަލް ކޯޓުން ޝަރީޢަތް ނިމެންދެން ޝަމްޢާން ބަންދުކުރުމަށް ނިންމީ، އޭނާ އަދާކުރި މަގާމުގެ ގޮތުން ބާރާއި ނުފޫޒު އޮތުމާއި، ހެކިބަސް ދޭން ތިބި މީހުންނާ ގާތް ގުޅުމެއް އޮތުމުގެ ސަބަބުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭތީއެވެ.

ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސެއިން ޝަހީދު ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވި ގޮތެއް ޝަމްޢާންގެ ފަރާތުން ބުނެދެވިފައިނުވާ ކަމަށެވެ. މި ރައުޔަށް ފަނޑިޔާރު ޢަބްދުﷲ ހަމީދު ވަނީ ތާއީދު ކުރައްވާފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޝަމްޢާންގެ މައްޗަށް އުފުލާފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށާއި، މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS