Ads by Stelco

ޚަބަރު

ބޭރަށް ކިޔަވަން ދިޔުމުގެ ކުރިން ކިޔަވާ ތަނާ ކޯހުގެ ޞައްޚަކަން ކަށަވަރުކުރުމަށް އެމްކިޔުއޭގެ އިލްތިމާސެއް

ބޭރަށް ކިޔަވަން ދިޔުމުގެ ކުރިން ކިޔަވާ ތަނާ ކޯހުގެ ޞައްޚަކަން ކަށަވަރުކުރުމަށް އެމްކިޔުއޭގެ އިލްތިމާސެއް

ރާއްޖޭގެ މަތީ ތަޢުލީމު ދޭ އެކި މަރުކަޒުތަކުގެ ދަރިވަރުން. ފޮޓޯ: މަތީ ތަޢުލީމާ ބެހޭ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ޖޫން 2025، 03:38

18 ޖޫން 2025، 03:38

ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ މަތީ ތަޢުލީމުދޭ މަރުކަޒުތަކާއި ކިޔަވަންދާ ކޯހުގެ ސައްޙަކަން ކަށަވަރުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެމްކިޔުއޭއިން ބުނެފައިވަނީ ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ކުރިން "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ހޯދުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. މިއީ ދަރިވަރުން ތަޢުލީމު ހާސިލުކުރާ މަރުކަޒަކީ އެމްކިއުއޭ އިން ޤަބޫލުކުރާ މަރުކަޒެއްކަމާއި، އެ ކިޔަވާ ޕްރޮގްރާމަކީ އެމް.އެން.ކިއު.އެފް އަށް ފެތޭ ޕްރޮގްރާމެއްކަން ކަށަވަރުކުރުމަށް ހޯދަންޖެހޭ ލިޔުމެކެވެ.

އެމްކިޔުއޭއިން ފާހަގަކުރާ ގޮތުގައި މި ލިޔުން ނުހޯދާ ކިޔަވަން ފަށާ ދަރިވަރުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ސަނަދު ވެލިޑޭޓް ނުކުރެވުމެވެ. މިއީ ކިޔަވަންދާ މަރުކަޒަކީ އެމްކިޔުއޭ ޤަބޫލުކުރާ މަރުކަޒަކަށް ނުވުމުގެ ސަބަބުން ދިމާވާ މައްސަލައެކެވެ.

މިކަމުގެ ސަބަބުން ދަރިވަރުންނަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި، މިހާރުވެސް ކިޔަވަމުންދާ ދަރިވަރުން ވީ އެންމެ އަވަހަކަށް "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ހޯދުމަށް އެމްކިޔުއޭއަށް ހުށަހެޅުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްކިޔުއޭއިން ވަނީ އިތުރަށް ސާފުކޮށްދެއްވާފައިވަނީ، ސަނަދު ވެލިޑޭޓްކުރުމަށް ހުށަހެޅި ނަމަވެސް، ކިޔެވި މަރުކަޒަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ މަރުކަޒަކަށް ނުވާނަމަ، އޭގެ ސަބަބުން ދަރިވަރަށް ލިބޭ ގެއްލުމުގެ ޒިންމާ އެ އޮތޯރިޓީން ނުނަގާނެ ކަމަށެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS