Ads by Stelco

ޚަބަރު

“ޗައިނާ ސްރީލަންކާ މޯލްޑިވްސް ޓޫރިޒަމް ފޯރަމް” ގައި ރާއްޖެއިން ބައިވެރިވެ ރާއްޖެ ޕްރޮމޯޓްކޮށްފި

“ޗައިނާ ސްރީލަންކާ މޯލްޑިވްސް ޓޫރިޒަމް ފޯރަމް” ގައި ރާއްޖެއިން ބައިވެރިވެ ރާއްޖެ ޕްރޮމޯޓްކޮށްފި

ޗައިނާ ސްރީލަންކާ މޯލްޑިވްސް ޓޫރިޒަމް ފޯރަމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ޖޫން 2025، 03:03

18 ޖޫން 2025، 03:03

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ބޭއްވުނު "ޗައިނާ-ސްރީލަންކާ-މޯލްޑިވްސް ޓޫރިޒަމް ފޯރަމް" ގައި ދިވެހިރާއްޖެއިން ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށްފިއެވެ.

މި ފޯރަމްގައި ރާއްޖެ ތަމްސީލުކުރެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ވަފުދެކެވެ. މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ތިން ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކޮށް އެއްބާރުލުން އިތުރުކުރުމެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ފޯރަމްގައި ދިވެހި ވަފުދުން ވަނީ ޘަޤާފީ ފަތުރުވެރިކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް، "މި ތިން ޤައުމުގެ މެދުގައި ވަރުގަދަ ގުޅުމެއް ޤާއިމުކުރުމަށް މަގުފަހިކުރާނެ ގޮތްތަކާ މެދު" މަޝްވަރާކުރައްވާފައެވެ.

ދިވެހި ވަފުދުން ފާހަގަކުރައްވާފައިވާ ގޮތުގައި މި ފޯރަމަކީ ތިން ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސްފަރާތްތައް އެއްތަނަކަށް ޖަމާވެ، އެކުގައި މަސައްކަތްކުރުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ. އަދި މި ފޯރަމްގެ ސަބަބުން ތިން ޤައުމުގެ މެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރު ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށް ވަނީ އަމާޒުހިފާފައެވެ. އަދި މި ފޯރަމްގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS