Ads by Stelco

ޚަބަރު

މާލޭގެ ބައެއް ސަރަޙައްދުން މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާލޭގެ ބައެއް ސަރަޙައްދުން މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާލެ މަޖީދީ މަގު/ފޮޓޯ: ނިއޯ

18 ޖޫން 2025، 12:40

މާލޭގެ ބައެއް ސަރަޙައްދުތަކުން ޖޫން 19 ވާ ބުރާސްފަތި ދުވަހު (މާދަމާ) ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯ އިން އިޢުލާނުކޮށްފިއެވެ.

ސްޓެލްކޯ އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، މަޖީދީ މަގުން (ދިލްބަހާރު މަގު/ކާމިނީ މަގު/ސައްޔިދުކިލެގެފާނު މަގު/ޒަމާނީ ގޯޅި) ހިމެނޭ ސަރަޙައްދުން މާދަމާ މެންދުރުފަހު 14:00 އާއި 16:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެކެވެ.

އަދި ދުރާލާ އަންގައިގެން ކަރަންޓު ކަނޑާލިކަމުގައިވިޔަސް، މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށްއެދިފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS