Ads by Stelco

ޚަބަރު

ވިލިމާލޭގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ބިނާކުރުމަށް އަމިއްލަ ފަރާތަކާ ހަވާލުކުރަން ނިންމައިފި

ވިލިމާލޭގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ބިނާކުރުމަށް އަމިއްލަ ފަރާތަކާ ހަވާލުކުރަން ނިންމައިފި

ވިލިމާލެ/ފޮޓޯ: އެއަރބީއެންބީ

18 ޖޫން 2025، 11:26

ވިލިމާލޭގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ބިނާކުރުމަށް އަމިއްލަ ފަރާތަކާ ހަވާލުކުރަން ނިންމަވާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ނިންމަވާފައިވަނީ، ވިލިމާލޭގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް ބިނާކުރުމަށް ހެޔޮ އެދޭ ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވުމާއި ގުޅިގެންނެވެ.

ވަޒީރު ވިދާޅުވީ، ވިލިމާލޭ ޒަމާންވީ މިސްކިތެއްކަމުގައިވާ މަސްޖިދުއްސަލާމް މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމަށް، ހެޔޮ އެދޭ ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާތީ މިސްކިތް ބިނާކުރުމަށް އެފަރާތާ ޙަވާލުކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މި މަސައްކަތް އެފަރާތާއި ހަވާލުކުރާނީ 2 އަހަރު ތެރޭ ނިންމާގޮތަށްކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، މިސްކިތް ބިނާކުރެވިގެންދާނީ ޤުރުއާން ކިޔަވައި ދިނުމާއި އިލްމީ ކަންކަމަށް ބޭނުންކުރެވޭ ކްލާސްރޫމްތައް ވެސް ހިމެނޭގޮތަށްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އެކި ސަރަޙައްދުގައި ޒަމާނީ ފެންވަރުގެ ބޮޑެތި މިސްކިތްތައް ބިނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS