Ads by Stelco

ޚަބަރު

ރާއްޖޭގެ މުރަކަތަކާއި އެއާ ގުޅުންހުރި ދިރުންތައް ރައްކާތެރިކުރުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގެ މުރަކަތަކާއި އެއާ ގުޅުންހުރި ދިރުންތައް ރައްކާތެރިކުރުމުގެ މަސައްކަތް ފަށައިފި

ބަރޮސް ފަރުގައި ހެދިފައިވާ މުރަކަތަކެއް/ފޮޓޯ: ބަރޮސް މޯލްޑިވްސް

18 ޖޫން 2025، 11:02

ރާއްޖޭގެ މުހިންމު މުރަކަތަކާއި އެއާ ގުޅުންހުރި ދިރުންތައް ރައްކާތެރިކުރުމުގެ މަސައްކަތް ކެޓެނޭޓް މަޝްރޫޢުގެ ދަށުން ފަށާފައިވާކަމަށް ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގައި އެކަށީގެންވާ ގޮތެއްގައި މެނޭޖްކޮށް، ރައްކާތެރިކުރެވިފައިވާ މުރަކައިގެ ވިއުގައެއް ޤާއިމްކޮށް، އެ ސަރަހައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުންކަމަށް ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި މަޝްރޫޢަކީ، ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަން ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވާ އެ ވުޒާރާއިން ވިދާޅުވީ، މުރަކަތަކަކީ މި ޤައުމުގެ ތިމާވެށްޓަށާއި އިޤްތިޞާދަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ވަސީލަތެއް ކަމަށެވެ. ހަމަ އެހެންމެ، ކެޓެނޭޓް މަޝްރޫޢުގެ ދަށުން ރާއްޖޭގައި މުރަކަތައް ރައްކާތެރިކުރެވިފައިވާ ސަރަޙައްދުތައް ބެލެހެއްޓުމަށް ޚާއްޞަ އުޞޫލުތަކެއް އެކުލަވާލެވިގެންދާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިި އުޅޭ ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS