Ads by Stelco

ޚަބަރު

ޔޫޓިލިޓީ ދާއިރާގެ އަގުތައް މައްޗަށް: 2025 ގެ ފުރަތަމަ ކުއާޓަރގެ ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސް އާންމުކޮށްފި

ޔޫޓިލިޓީ ދާއިރާގެ އަގުތައް މައްޗަށް: 2025 ގެ ފުރަތަމަ ކުއާޓަރގެ ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސް އާންމުކޮށްފި

ސްޓެލްކޯ ފޮޓޯ: ސަން އޮންލައިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ޖޫން 2025، 10:43

18 ޖޫން 2025، 10:43

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން 29 މެއި 2025 ގައި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސް (ޕީޕީއައި) އާންމުކޮށްފިއެވެ. މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޔުޓިލިޓީ ދާއިރާގައި މިއަހަރުގެ މާރިޗުމަހުގެ އަގު ފެބްރުއަރީ މަހާއި އަޅާބަލާއިރު 5.32 އިންސައްތައިގެ އިތުރުވުމެއް އައިސްފައިވެއެވެ.

ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސްއަކީ އުފެއްދުންތެރިންގެ އަގުތަކަށް އަންނަ ބަދަލު ދެނެގަތުމަށް ބޭނުންކުރާ މިންގަނޑެކެވެ. މި އިންޑެކްސްގައި ޓެކްސް ހިމެނޭއިރު ސަބްސިޑީ ނުހިމެނެއެވެ. އެހެންކަމުން މިއީ އުފެއްދުންތެރިކަމުގެ އަގަށް އަންނަ ބަދަލުތައް ދައްކައިދޭ އިންޑެކްސްއެކެވެ.

ޔޫޓިލިޓީ ދާއިރާގެ ވަކިވަކި ބައިތަކަށް ބަލާއިރު އަގުތައް އެންމެ އިތުރުވެފައިވަނީ ކަރަންޓުންނެވެ. މި ދާއިރާގައި މިއަހަރުގެ މާރިޗުމަހުގެ އަގު ފެބްރުއަރީ މަހާއި އަޅާބަލާއިރު 6.68 އިންސައްތަ މައްޗަށްގޮސްފައިވެއެވެ. ފެނުގެ ޚިދުމަތުގެ ދާއިރާގައި މަހުން މަހަށް 1.19 އިންސައްތައިގެ އިތުރުވުމެއް އައިސްފައިވެއެވެ.

ރިސޯޓު ދާއިރާއަށް ބަލާއިރު، މިއަހަރުގެ މާރިޗުމަހުގެ އަގު ފެބްރުއަރީ މަހާއި އަޅާބަލާއިރު 1.54 އިންސައްތައިގެ ދަށްވުމެއް އައި ނަމަވެސް، ކުއާޓަރލީ 15.2 އިންސައްތައިގެ ބޮޑު އިތުރުވުމެއް އައިސްފައިވެއެވެ. އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ދާއިރާގައި މަހުން މަހަށް 3.11 އިންސައްތައިގެ އިތުރުވުމެއް ފެނިފައިވެއެވެ.

ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސްއަކީ އިޤްތިޞާދީ ސިޔާސަތުތައް އެކުލަވާލުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި ސަރުކާރުގެ މުއައްސަސާތަކަށް ބޭނުންތެރި މުހިންމު ވަސީލަތެކެވެ. އަދި ވިޔަފާރިވެރިންނަށް އެފަރާތްތަކުގެ ވިޔަފާރީގެ ޙާލަތު، އެ ސިނާއަތެއްގެ އާންމު ޙާލަތާ އަޅާކިޔުމަށްވެސް މި އިންޑެކްސް ބޭނުންކުރެވެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS