ޚަބަރު
ރާއްޖޭގައި ފަށާ ސަަޢުދީ އިމާމު ޔުނިވަރސިޓީގެ ޑިޕްލޮމާ ކޯހަށް ކުރިމަތިލުމަށް ހުޅުވާލައިފި

ރާއްޖޭގައި ފަށާ ސަަޢުދީ އިމާމު ޔުނިވަރސިޓީގެ ޑިޕްލޮމާ ކޯސް
ރާއްޖޭގެ އިސްލާމިކް އެންޑް އަރަބިކް ސައިންސަސް އިންސްޓިޓިއުޓުން 2025 ވަނަ އަހަރުގެ އެކަޑަމިކް އަހަރަށް "ލިންގުއިސްޓިކް ޕްރިޕަރޭޝަން ޑިޕްލޮމާ" ޕްރޮގްރާމަށް ރަޖިސްޓްރޭޝަން ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ހަމައެކަނި ފިރިހެން ދަރިވަރުންނަށް ޚާއްޞަކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.
މާލޭގައި ހުންނަ މި އިންސްޓިޓިއުޓުން ދޭ މި ޑިޕްލޮމާއަކީ ސައޫދީ އަރަބިއްޔާގެ ރިޔާދުގައި ހުންނަ އިމާމް މުޙައްމަދު އިބްނު ސައޫދު އިސްލާމިކް ޔުނިވަރސިޓީއާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.
ރަސްމީ އިޢުލާނުގައިވާ ގޮތުން، މި ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ މުއްދަތު ފެށޭނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހުއެވެ. އަދި ނިމޭނީ އެ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. އެކަޑަމިކް އަހަރު ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 24 ވަނަ ދުވަހުއެވެ.
މި ޕްރޮގްރާމުގެ މަޤްޞަދަކީ ދަރިވަރުންނަށް އަރަބި ބަހުގެ ވަރުގަދަ އަސާސެއް އުނގަންނައިދިނުމެވެ. މިއީ ޚާއްޞަކޮށް އަރަބި ބަހުން ކިޔަވައިދޭ މަރުކަޒުތަކުގައި އިސްލާމީ އަދި އެކަޑަމިކް ދިރާސާތައް ކުރިއަށް ގެންދިއުމަށް ދަރިވަރުން ތައްޔާރުކުރުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޑިޕްލޮމާއަކީ ޚާއްޞަކޮށް ސައޫދީ އަރަބިއްޔާގައި މަތީ ފެންވަރުގެ ދީނީ ތަޢުލީމު ޙާޞިލުކުރަން ބޭނުންވާ ދަރިވަރުންނަށް މަގުފަހިކޮށްދޭ ފުރުޞަތެކެވެ.
ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓްރޭޝަން ލިންކާއި ޝަރުޠުތައް http://iu.sa/Xp5r8 އިން ނުވަތަ ރަސްމީ ފްލަޔަރގައިވާ ކިއުއާރު ކޯޑު ސްކޭންކޮށްގެން ލިބިވަޑައިގަންނަވާނެއެވެ.
https://t.co/RAk43I0nyn pic.twitter.com/DOGNJJftMI
— معهد العلوم الإسلامية و العربية في المالديف (@InstMaldive) June 17, 2025