Ads by Stelco

ޚަބަރު

އަމިއްލަގޮތުން އެޑެކްސެލްއާއި އެޗް.އެސް.ސީ އިމްތިހާނުތަކުގައި ބައިވެރިވުމަށް ހުޅުވާލައިފި

އަމިއްލަގޮތުން އެޑެކްސެލްއާއި އެޗް.އެސް.ސީ އިމްތިހާނުތަކުގައި ބައިވެރިވުމަށް ހުޅުވާލައިފި

ސްކޫލެއްގެ ދަރިވަރުން އިމްތިހާނެއްގައި ---

farudhun logo

ފަރުދުން

17 ޖޫން 2025، 07:46

17 ޖޫން 2025، 07:46

މި އަހަރު ބާއްވާ އެޑެކްސެލް އަދި އެޗް.އެސް.ސީ އިމްތިހާނުތަކުގައި އަމިއްލަ ގޮތުން ބައިވެރިވުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. 

މިއީ މި އަހަރުގެ ސެޕްޓެމްބަރ އަދި އޮކްޓޫބަރުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އިމްތިހާނުތަކެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން  ހާމަކޮށްފައިވާ ގޮތުގައި، އިމްތިހާނުތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ ހުޅުވާލައިފައެވެ. 

އެގޮތުން އެޕްލިކޭޝަން ބަލައިގަތުމާއި ފައިސާ ބަލައިގަތުން ޖުލައި 10 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ޑިޕާޓްމެންޓުން ހާމަކޮށްފައިވާ ގޮތުގައި އިމްތިހާނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ޑިޕާޓްމަންޓްގެ ކައުންޓަރުންނާއި ޑިޕާޓްމަންޓުގެ ވެބްސައިޓް www.dpe.edu.mv އިން ލިބޭނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ވެސް އެޕްލިކޭޝަން ހުށަހެޅޭނެކަމަށް ޑިޕާޓްމެންޓުން ވަނީ މައުލޫމާތު ދީފައެވެ. އެގޮތުން އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެޕްލިކޭޝަން ފޮނުވަން ޖެހެނީ [email protected]  އަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS