Ads by Stelco

ޚަބަރު

ކައުންސިލަރުންގެ ޢަދަދު މަދު ކުރުމަށް އެކަމާ ގުޅޭ ގަރާރެއް ހުށައަޅައިފި

ކައުންސިލަރުންގެ ޢަދަދު މަދު ކުރުމަށް އެކަމާ ގުޅޭ ގަރާރެއް ހުށައަޅައިފި

އެމްޕީ އިބްެރާހިމް ޝުޖާޢު. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ޖޫން 2025، 04:53

16 ޖޫން 2025، 04:53

ކައުންސިލަރުންގެ އަދަދު މަދުކޮށް، ލާމަރުކަޒީ ނިޒާމަށް ދައުލަތުން ކަނޑައަޅާ ބަޖެޓު ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

 މި ގަރާރު ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއެވެ.

ގަރާރުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ލާމަރުކަޒީ ގާނޫނަށް އަމަލުކުރަން ފެށިތާ މިވީ 15 އަހަރު ތެރޭ މިހާތަނަށް 15 ފަހަރު އިސްލާހުކޮށްފައިވެއެވެ. އަދި މި މުއްދަތުގައި 4 ކައުންސިލް އިންތިހާބު ބާއްވައި، އެތައް ބިލިއަން ރުފިޔާއެއް ބަޖެޓުން ހޭދަކޮށްފައިވީ ނަމަވެސް، ލާމަރުކަޒީ ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލެއް ނުވަތަ ރަށްތަކަށް ތަރައްގީއެއް ގެނެވިފައިވާތަން ފެންނަން ނެތް ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

"މި ނިޒާމުގެ ސަބަބުން މިހާތަނަށް ފާހަގަވެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ސިޔާސީ ޕާޓީތަކުގެ އިސް ހަރަކާތްތެރިން ރަށްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިންގެ ގޮތުގައި އިންތިހާބުކުރާ ނިޒާމަކަށް މި ނިޒާމު ބައްޓަންވެގެން ގޮސްފައި އޮތުމެވެ،" ޝުޖާޢު ވިދާޅުވިއެވެ.

އާބާދީ މަދު ރަށްރަށުގައި ކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅޭގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކި ފަހަރު މަތިން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، 3000 އިން ދަށުގެ އާބާދީތަކުގައި ތިން ކައުންސިލަރުން ތިބޭ ގޮތަށް ހެދުމަށް ސަރުކާރުގެ ވިސްނުން ހުރި ކަމަށް ވިދާޅުވެފައިވެއެވެ.

ގަރާރުގައި ހުށަހަޅާފައިވާ ގޮތުގައި، ފުލް ޓައިމްކޮށް ފަސް ކައުންސިލަރުން ބެއިތިއްބުމުގެ ބަދަލުގައި ފުލް ޓައިމް ދެމީހުން ބެއިތިއްބުމަށްފަހު، ދެން ތިބޭ މީހުންނަށް ސިޓިން އެލަވަންސްއެއް ދޭ ގޮތަށް ހެދުމަށް ވަނީ ހުށަހަޅާފައެވެ. މިއީ ކުދިކުދި ރަށްތަކުގައި ފަސް ކައުންސިލަރުންގެ މުސާރައަށް ކުރަންޖެހޭ ބޮޑު ހޭދަ ކުޑަކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމެކެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS