Ads by Stelco

ޚަބަރު

ދިވެހި ޙައްޖުވެރިންގެ ދެވަނަ ގުރޫޕު ރާއްޖެ އަތުވެއްޖެ

ދިވެހި ޙައްޖުވެރިންގެ ދެވަނަ ގުރޫޕު ރާއްޖެ އަތުވެއްޖެ

ޙައްޖުވެރިންގެ ދެ ވަނަ ފްލައިޓު ރާއްޖެ އައުން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

15 ޖޫން 2025، 09:24

ދިވެހި ޙައްޖުވެރިންގެ ދެވަނަ ގުރޫޕު ރާއްޖެ އަތުވެއްޖެއެވެ.

މިއަހަރު ރާއްޖެއިން 1000 މީހުން ޙައްޖުގެ މަތިވެރި އަޅުކަން ވަނީ އަދާކޮށްފައެވެ. އަދި ޙައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ފްލައިޓެއްގެ މައްޗަށް ބަހާލައިގެންނެވެ. އެގޮތުން ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ޖޫން މަހުގެ 13 ވަނަ ދުވަހު ވަނީ ރާއްޖެއަށް އައިސްފައެވެ. އަދި ދެވަަނަ ގްރޫޕްގެ ޙައްޖުވެރިން މިމަހުގެ 14 ވަނަ ދުވަހު ފުރައިގެން ރާއްޖެ އައިސްފައިވާއިރު، ތިން ވަނަ ގްރޫޕް އައުމަށް ހަމަޖެހިިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އަދި ފަހު ގްރޫޕުގެ ޙައްޖުވެރިން ރާއްޖެއަށް އެނބުރި އަންނާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

މިހާރު ޙައްޖުވެރިން އަންނަންފެށުމާއެކު ގައިން ގަޔަށް އަރާ ބަލިތައް ގިނަވަމުންދާތީ ޙައްޖު ނުވަތަ ޢުމްރާއިން އަންނައިރު އަރިދަފުސް ރޯގާ ޖެހިފައިވާނަމަ، ކެއްސާ ކިނބިހިއަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ކުޑަ ރުމާލެއް ނުވަތަ ޓިޝޫއެއްފަދަ އެއްޗެއް ބޭނުންކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވާފައިވެއެވެ. އަދި ބޭނުންކުރާ މާސްކާއި ޓިޝޫފަދަ ތަކެތި ހާމަ ތަންތަނަށް އެއްލާލުމަކީ ރޯގާއާއި ބަލި ފެތުރުމަށް މަގުފަހިވެދާނެ ކަމެއްކަމަށް ފާހަގަކުރައްވައިފައިވެއެވެ.

އެޗްޕީއޭއިން ވަނީ ޙައްޖުވެރިންނަށް މަރުޙަބާ ކިޔުމަށް އެއަރޕޯޓަށް ދާ މީހުންގެ އަދަދު މަދުކޮށް، އެ ސަރަޙައްދަށް ދާ އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS