Ads by Stelco

ޚަބަރު

ހައްޖުވެރިން ރާއްޖެ އަންނަ ދުވަސްތަކުގައި އެއަރޕޯޓުގެ ޓްރެފިކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ހައްޖުވެރިން ރާއްޖެ އަންނަ ދުވަސްތަކުގައި އެއަރޕޯޓުގެ ޓްރެފިކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

އެއާރޕޯޓުގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުސް އޮފިސަރަކު ހަރަކާތްތެރިވަނީ ---

14 ޖޫން 2025، 10:41

ހައްޖުވެރިން ރާއްޖެ އަންނަ ދުވަސްތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ ޓްރެފިކް ބެލެހެއްޓުމަށް ތިބޭ ފުލުހުންގެ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުވު، އެއްބަރުލުން ދެއްވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ފުލުހުން ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ޙައްޖުވެރިން ބަލާ އެއާޕޯޓަށް ވަޑައިގަންނަވާ ގާތްތިމާގެ މީހުންނާއި، އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން، ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށެވެ.



ހައްޖުވެރިން މައްކާއަށް ފުރާ ދުވަސްތަކާއި ހައްޖުވެރިން އަނބުރާ މާލެ އަންނަ ދުވަސްތަކަކީ އާންމުގޮތެއްގައި އެއާރޕޯޓު ވަރަށް ބާރުބޮޑުވާ ދުވަސްތަކެކެވެ. އެގޮތުން ޓެކްސީ ކިއުއަށް ބާރުބޮޑުވެ، ޓެކްސީތަކަށް އެއާރޕޯޓަށް ވަދެނިކުމެ ހަދަން ގިނަ ވަގުތު ވެސް ހޭދަވެއެވެ.

ރާއްޖެއިން ހައްޖަށް ދިޔަ ފުރަތަމަ ގްރޫޕް އިއްޔެ އައިސްފައިވާއިރު، ދެވަނަ ގްރޫޕް އައުމަށް ހަމަޖެހިފައިވަނީ މިއަދެވެ. އަދި މި މަހުގެ 16 ވަނަ ދުވަހު ތިންވަނަ ގްރޫޕު އައުމަށް ހަމަޖެހިފައިވާއިރު، އެންމެ ފަހު ގްރޫޕު އަންނާނީ 17 ވަނަ ދުވަހެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS