Ads by Stelco

ޚަބަރު

ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ރާއްޖެ އަތުވެއްޖެ

ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ރާއްޖެ އަތުވެއްޖެ

ޙައްޖުވެރިން އެނބުރި އަންނަން ފަށައިފި: ފޮޓޯ- އިސްލާމިކް މިނިސްޓްރީ

13 ޖޫން 2025، 04:15

ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ރާއްޖެ އަތުވެއްޖެއެވެ.

 ދިވެހިރާއްޖެއިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ޙައްޖުވެރިން އަންނަން ފަށާފައިވާއިރު ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓަކަށް ބަހާލައިގެންނެވެ.

އެގޮތުން ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު ޖައްސާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕު ރާއްޖެ އައިސްފައިވަނީ މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެންނެވެ. 

ދިވެހި ޙައްޖާޖީންގެ ދެވަނަ ގްރޫޕު މި މަހުގެ 14 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާއިރު ތިން ވަނަ ގްރޫޕުގެ ޙައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އަދި ފަހު ގްރޫޕުގެ ޙައްޖުވެރިން ރާއްޖެއަށް އެނބުރި އަންނާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

މިއަހަރު ދިވެހިރާއްޖެއިން 1000 މީހުން ވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ. މިއަހަރުގެ ޙައްޖު ސަޢޫދީންވެސް ފާހަގަ ކޮށްފައިވަނީ ކާމިޔާބު ޙައްޖެއްގެ ގޮތުގައެވެ. 

މިހާރު ޙައްޖުވެރިން އަންނަންފެށުމާއެކު ގައިން ގަޔަށް އަރާ ބަލިތައް ގިނަވަމުންދާތީ ޙައްޖު ނުވަތަ ޢުމްރާއިން އަންނައިރު އަރިދަފުސް ރޯގާ ޖެހިފައިވާނަމަ، ކެއްސާ ކިނބިހިއަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ކުޑަ ރުމާލެއް ނުވަތަ ޓިޝޫއެއްފަދަ އެއްޗެއް ބޭނުންކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވާފައިވެއެވެ. އަދި ބޭނުންކުރާ މާސްކާއި ޓިޝޫފަދަ ތަކެތި ހާމަ ތަންތަނަށް އެއްލާލުމަކީ ރޯގާއާއި ބަލި ފެތުރުމަށް މަގުފަހިވެދާނެ ކަމެއްކަމަށް ފާހަގަކުރައްވައިފައިވެއެވެ.

އެޗްޕީއޭއިން ވަނީ އަދި ޙައްޖުވެރިންނަށް މަރުޙަބާ ކިޔުމަށް އެއަރޕޯޓަށް ދާ މީހުންގެ އަދަދު މަދުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS