Ads by Stelco

ޚަބަރު

އިޒްރާއިލުން އިރާނަށް ދިން ހަމަލާ ރައީސް ޑރ މުޢިއްޒު ކުށްވެރިކުރައްވައިފި

އިޒްރާއިލުން އިރާނަށް ދިން ހަމަލާ ރައީސް ޑރ މުޢިއްޒު ކުށްވެރިކުރައްވައިފި

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ޖޫން 2025، 03:16

13 ޖޫން 2025، 03:16

އިޒްރާއިލުން އިސްލާމީ ޖުމްހޫރިއްޔާ އިރާނަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

އެކަމާ ގުޅޭ ގޮތުން ރައީސް އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީި، މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލުތަކެއް ކަމަށާއި، މި ޢަމަލުތަކުގެ ސަބަބުން ސަރަޙައްދީ ސުލްޙަ އަމާންކަމަށް ނުރައްކާވެގެންދާނެ ކަމަށެވެ.

"މި ސަރަޙައްދުގައި ހިނގަމުންދާ ހަނގުރާމަވެރި ޢަމަލުތައް ވަގުތުން ހުއްޓާލަން ޖެހޭ. އަދި ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަ ޤާއިމްކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން އެބަޖެހޭ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި ހަމަލާއާ ގުޅިގެން ސަރަޙައްދުގައި އިތުރަށް ހަނގުރާމަވެރި ޢަމަލުތައް ހިންގުމުގެ ބަދަލުގައި، ހުރިހާ ފަރާތްތަކުން ވެސް ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރުމަށް ރައީސް މުޢިއްޒު ގޮވާލައްވާފައިވެއެވެ.

އިޒްރާއިލުން އިރާނަށް ދިން މި ހަމަލާއަކީ މެދުއިރުމަތީގެ ސަރަޙައްދުގައި ހިނގަމުންދާ ހަނގުރާމަވެރި ޢަމަލުތައް އިތުރަށް ގޯސްވެގެން ދިއުމަށް މަގުފަހިވެދާނެ ކަމެއް ކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS