ޚަބަރު
ރާއްޖެއިން ވިލުންވެރި ކަނޑުގެ މާހައުލެއް ޤާއިމްކުރަން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ހިއްސާކުރައްވައިފި

މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް. ފޮޓޯ: ވުޒާރާ
ރާއްޖެއިން ވިލުންތެރި ކަނޑުގެ މާހައުލެއް ޤާއިމްކުރަން ކުރަމުންދާ މަސައްކަތުގެ މައުލޫމަތިު މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު ދުނިޔެއާ ޚިއްސާކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ޚިއްސާކުރައްވައިފައިވަނީ އދ. ގެ އޯޝަން ކޮންފަރެންސްގެ ހަވާސާގެ ތެރެއިން ކުރިއަށްދިޔަ ބައްދަލުވުމެއްގައެވެ.
ވަޒީރު ޝިޔާމްގެ ވާހަކަފުޅުގައި ކަނޑުފަޅުގެ ދިރުންތަކާއި މާހައުލު ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެފަދަ އިންވެސްޓްމަންޓްތައް އިތުރުކުރަންޖެހޭކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު ޝިޔާމް އަލިއަޅުވާލައްވައިފިއެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވަނީ ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތަކާއި މާހައުލުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ރާއްޖެއިން ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށާއި މުރަކަ އާލާކޮށް ދިރުވުމަށް ރާއްޖެއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައިވެއެވެ.
ޕްރޮފެޝަނަލް އަދި އަމިއްލަ ތަޖުރިބާގެ އަލީގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ޝިޔާމް ވަނީ މުޅި ދުނިޔެއަށް ރާއްޖޭގެ ދެމިއޮތުމާއި ދިވެހިންގެ ދިރިއުޅުމުގައި ކަނޑުފަޅުގެ ދިރުންތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. "މިއީ ރާއްޖެއިން އެކަނި ކުރެވޭނެކަމެއް ނޫން، މިކަމުގައި އެހެން ޤައުމުތަކުގެ އެހީތެރިކަން ބޭނުންވޭ" ވަޒީރު ވިދާޅުވިއެވެ.
އދ. ގެ އޯޝަން ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ދެއްކެވި ވާހަކަފުޅުގައި، ވަޒީރު ޝިޔާމް ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މާލީ އެހީތެރިކަން ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ. އަދި މިފަދަ ޤައުމުތަކަށް އަތްފޯރާ ފަށުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތަރައްޤީވެފައިވާ ޤައުމުތަކާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ގޮވާލައްވާފައިވެއެވެ.
ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ވަޒީރު ވަނީ މި ދާއިރާއިން ރާއްޖެއިން މުޅި ދުނިޔެއަށްވެސް މިސާލު ދައްކަމުންދާކަން ފާހަގަކުރައްވާފައެވެ.