Ads by Stelco

ޚަބަރު

ޝާރިޖާ ނެރޭޓަރސް ފޯރަމްގެ ޝަރަފުވެރި މެހެމާނަކަށްވުމަށް ދިވެހިރާއްޖެއަށް ދައުވަތު އަރުވައިފި

ޝާރިޖާ ނެރޭޓަރސް ފޯރަމްގެ ޝަރަފުވެރި މެހެމާނަކަށްވުމަށް ދިވެހިރާއްޖެއަށް ދައުވަތު އަރުވައިފި

ޑރ.އަލްމުސައްލަމް އާއި ސަފީރު މުޙައްމަދު ޝަރީފް ބައްދަލުކުރެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޖޫން 2025، 09:29

12 ޖޫން 2025، 09:29

ޝާރިޖާ ހެރިޓޭޖް އިންސްޓިޓިއުޓުން ބާއްވާ ޝާރިޖާ ނެރޭޓަރސް ފޯރަމްގެ ޝަރަފުވެރި މެހެމާނަކަށްވުމަށް ދިވެހިރާއްޖެއަށް ދައުވަތު އަރުވައިފިއެވެ. 

މި ދައުވަތު ރާއްޖެއަށް އަރުވާފައި ވަނީ ޝާރިޖާ ހެރިޓޭޖް އިންސްޓިޓިއުޓްގެ ރައީސް ޑރ. އަބްދުލްއަޒީޒް އަލް މުސައްލަމް އާއި ޔޫއޭއީގައި ހުންނަވާ ދިވެހިރާއްޖެގެ ސަފީރު މުޙައްމަދު ޙުސެއިން ޝަރީފާއި ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. 

މި ބައްދަލުކުރެއްވުމުގެ މަޤްޞަދަކީ ރާއްޖެ އާއި ޔޫއޭއީއާ ދެ ޤައުމުގެ ސަޤާފީ އަދި ތަރިކައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި، ޝާރިޖާ އިންޓަނޭޝަނަލް ނެރޭޓަރސް ފޯރަމްގެ 25 ވަނަ ދައުރުގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ދިވެހިރާއްޖެ ހޮވުމަށް ރަސްމީ ދައުވަތެއް އެރުވުމެވެ.

ޑރ. އަލްމުސައްލަމް ވިދާޅުވީ ދިވެހިރާއްޖޭގެ ސަފީރު އިންސްޓިޓިއުޓަށް ވަޑައިގަތުމާ ގުޅިގެން އެ ބޭފުޅުން ވަރަށް އުފާކުރައްވާ ކަމަށާއި މި ބައްދަލުކުރެއްވުމަކީ މާއްދީ ނޫން ސަޤާފީ ތަރިކައިގެ ދާއިރާއިން އެއްބާރުލުމާއި، އަނގަބަހުން ދައްކާ ވާހަކަތަކާއި ރައްޔިތުންގެ ވާހަކަތައް ރައްކާތެރިކޮށް ލިޔެކިޔުމުގައި ތަޖުރިބާ ހިއްސާކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއްކަމަށެެވެ.

ޑރ. އަލްމުސައްލަމް އިތުރަށް ވިދާޅުވީ ނެރޭޓަރސް ފޯރަމް މިހާރު ވެފައިވަނީ އެކި ސަޤާފަތްތަކުގެ ވާހަކަ ކިޔާ މީހުންނާއި، ރައްޔިތުންގެ ހަނދާންތައް އުފުލާ މީހުން އެއްތަނަކަށް ޖަމާވާ ބައިނަލްއަޤްވާމީ މަންސައަކަށް ކަމަށެވެ. މި އަހަރު ދިވެހިރާއްޖެ މި ފޯރަމްގައި ބައިވެރިވުމަކީ، ކަނޑާއި ޖަޒީރާތަކާ ގުޅުންހުރި އާ ވާހަކަތަކާއި އަސާތީރުތަކުން ޕްރޮގްރާމް މުއްސަނދިވެގެންދާނެކަމެއް ކަމަށެވެ.

ދިވެހިރާއްޖޭގެ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، ޝާރިޖާ ހެރިޓޭޖް އިންސްޓިޓިއުޓުން ލިބުނު ދަޢުވަތަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށާއި، ޝާރިޖާ އިންޓަނޭޝަނަލް ނެރޭޓަރސް ފޯރަމްގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ދިވެހިރާއްޖެ ހޮވުމަކީ ދިވެހި ތަރިކަ އަރަބި އަދި ދުނިޔޭގެ އެހެން ގައުމުތަކަށް ހުށަހެޅުމަށް ލިބޭ ހާއްސަ ފުރުސަތެއް ކަމުގައެވެ.

މި ބައްދަލުކުރެއްވުމުގައި 2021 ވަނަ އަހަރުގެ ދިވެހި ތަރިކައިގެ ހަފްތާގެ ތައާރަފު ވީޑިއޯއެއް ދައްކާލެވުނެވެ. އަދި ދެ ފަރާތުން ސަގާފީ އެއްބާރުލުމުގެ ފުރުސަތުތަކާއި ނެރޭޓަރސް ފޯރަމްގައި ދިވެހިރާއްޖޭގެ ބައިވެރިވުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS