Ads by Stelco

ޚަބަރު

ފުވައްމުލަކުގައި ހިނގި މާރާމާރީއެއްގައި 18 އަހަރުގެ ޒުވާނަކަށް އަނިޔާވެއްޖެ

ފުވައްމުލަކުގައި ހިނގި މާރާމާރީއެއްގައި 18 އަހަރުގެ ޒުވާނަކަށް އަނިޔާވެއްޖެ

ފުވައްމުލަކު ސިޓީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖޫން 2025، 11:31

11 ޖޫން 2025، 11:31

ފުވައްމުލަކު ސިޓީގައި މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލައެއް ރޭ 20:54 ގައި ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

މި މާރާމާރީގައި އަނިޔާވެފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ބޭރުފުށުން ފެންނަން ހުރި އަނިޔާގެ ތެރޭގައި ނޭފަތާއި އަނގަމަތި ފަޅައިގެން ގޮސް، ކަނާތު ކޮއްމަތި ދުޅަވެ އިތުރު ކުދި އަނިޔާތައް ވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

އިތުރު ފަރުވާ ހޯދުމަށްޓަކައި އަނިޔާ ލިބުނު ފަރާތް މިހާރު ވަނީ އައްޑޫ ސިޓީއަށް ގެންގޮސްފައެވެ.

މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ގެންދަނީ ކުރިއަށެވެ. މި މައްސަލައާ ގުޅިގެން އަދި އެއްވެސް ފަރާތެއް ހައްޔަރުކޮށްފައިވާކަން އަދި އެނގިފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS