ޚަބަރު
ރާއްޖެއިން ނޭޕާލަށް ކަނޑައަޅުއްވާ ސަފީރުކަމަށް އަޒީމާ އައްޔަނުކުރުމަށް މަޖިލީހުން ފާސްކޮށްފި

ނޭޕަލްއަށް ކަނޑައަޅުއްވާ ސަފީރުކަަަމަށް އައްޔަނުކުރަން މަޖިލީހުން ރުހުން ދިން އަޒީމާ. ފޮޓޯ: ޕީއެސްއެމް
ދިވެހިރާއްޖެއިން ނޭޕާލަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރަކަށް، ރާއްޖޭން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާއިޝަތު އަޒީމާ ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
މި މަޤާމަށް އަޒީމާ ޢައްޔަންކުރެއްވުމަށް ފާސްކޮށްފައިވަނީ މަޖިލީހުގެ 58 މެންބަރުންގެ ވޯޓުންނެވެ.
މި އައްޔަންކުރެއްވުމަށް މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވި ނަންފުޅާ ގުޅިގެންނެވެ.
މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު، އަޒީމާގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، މި މަޤާމަށް އެކަށީގެންވާ ގާބިލު ބޭފުޅެއްކަމަށް ފާހަގަކޮށްފައިވެއެވެ.
އާއިޝަތު އަޒީމާއަކީ ދިވެހިރާއްޖޭގެ ޚާރިޖީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ އިސް ދިޕްލޮމެޓެކެވެ. އޭނާގެ ފަންނީ ކެރިއަރުގައި ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމު ފުރުއްވާފައިވެއެވެ.
އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން އަޒީމާ ހުންނެވީ ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމުގައެވެ. މިއާއިއެކު މިހާރު އަޒީމާ އަދާކުރައްވަމުން ގެންދަވާ އިންޑިއާގެ ސަފީރުކަމުގެ މަޤާމާއެކު، އިތުރު ޒިންމާއެއްގެ ގޮތުން ނޭޕާލްގެ ނޮން-ރެޒިޑެންޓް ސަފީރުކަމުގެ މަޤާމުވެސް އަދާކުރައްވާ ގޮތަށް ހަމަޖެހިގެން ދިޔައޭއެވެ.