ޚަބަރު
ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ރަޝީދު ނިޔާވެއްޖެ

ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ރަޝީދު.ފޮޓޯ: ޕީއެސްއެމް
ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ރަޝީދު މިއަދު އަވަހާރަވެއްޖެއެވެ. އޭނާ ނިޔާވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަޙްމަދު ރަޝީދު ނިޔާވީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދެވާތާ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.
އަޙްމަދު ރަޝީދަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގައްދޫ ދާއިރާ ތަމްސީލުކުރެއްވި މެންބަރެވެ. އޭނާގެ މަޖިލިސް މެންބަރުކަމުގެ ދައުރުގައި ދާއިރާގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ.