Ads by Stelco

ޚަބަރު

ހުކުރުގެ ކުރިން ޝައިޚް ފަރީދުގެ ޖަނާޒާ މެލޭޝިޔާގައި ނިމިއްޖެނެމަ ހުކުރު ނަމާދުގެ ފަހުން ޝައިޚްގެ މައްޗަށް ކަށުނަމާދުކުރަނީ

ހުކުރުގެ ކުރިން ޝައިޚް ފަރީދުގެ ޖަނާޒާ މެލޭޝިޔާގައި ނިމިއްޖެނެމަ ހުކުރު ނަމާދުގެ ފަހުން ޝައިޚްގެ މައްޗަށް ކަށުނަމާދުކުރަނީ

ޝައިޚް ފަރީދު. ފޮޓޯ: ޓްވިޓަރ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ޖޫން 2025، 03:10

10 ޖޫން 2025، 03:10

މިހަފްތާގެ ހުކުރު ދުވަހުގެ ކުރިން މެލޭޝިޔާގައި ޝައިޚް އިބްރާހިމް ފަރީދު އަޙްމަދުގެ ޖަނާޒާގެ ކަންކަން ނިމިއްޖެނަމަ ހުކުރުދުވަހުގެ ހުކުރު ނަމާދަށް ފަހު ޝައިޚްގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޝަހީމް ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ ޝައިޚް ފަރީދުގެ ޖަނާޒާގެ ކަންކަން މެލޭޝިޔާގައި ކުރިއަށް ގެންދަވަން އާއިލާއިން ނިންމަވާފައިވާތީވެ، ޝައިޚުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށު ނަމާދު ކުރުމާމެދު ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާކަމަށެެވެ.

 މި ހަފްތާގެ ހުކުރު ދުވަހުގެކުރިން މެލޭޝިޔާގައި ވަޅުލައިފި ނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށް ފަހު، ރާއްޖޭގެ ހުކުރުކުރާ ހުރިހައި މިސްކިތެއްގައި ޝައިޚު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަށް މިނިސްޓްރީން ވަނީ ނިންމާފަ، ޖަނާޒާގެ ކަންކަން ދާ ގޮތް އިއުލާންކުރާނަން

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ ޝަހީމް ވިދާޅުވިއެވެ.

ޝައިޚް ފަރީދު ނިޔާވެފައިވަނީ ދަޢުވާގެ މަސައްކަތުގައި މެލޭޝިޔާއަށް ކުރެއްވެވި ދަތުރެއްގައި، މެލޭޝިޔާއަށް ވަޑައިގަންނަވައި ބޯޓުން ފައިބައިވަޑައިގަންނަވަނިކޮށް ވެއްޓި ވަޑައިގެން ފަރުވާދެމުންދަނިކޮށެވެ.

ޝައިޚް ފަރީދަކީ ރާއްޖޭގައި އިސްލާމް ދީނުގެ ހެޔޮގޮތް ފެތުރެއްވުމަށް ބުރަމަސައްކަތްތަކެއް ކޮށްދެއްވި ޚިދުމަތްތެރި ޢާލިމެކެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS