Ads by Stelco

ޚަބަރު

ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް އިއުލާންކޮށްފި

ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް އިއުލާންކޮށްފި

ފުލުހުން ހޯދަމުންދާ ނ. މަނަދޫ/ރީހުއްސަބާ، އުމުރުން 35 އަހަރުގެ އަހުމަދު ހިޝާމް ---

farudhun logo

ފަރުދުން

09 ޖޫން 2025، 06:58

09 ޖޫން 2025، 06:58

ދިވެހި ފުލުހުންގެ ހިދުމަތުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

މ. މުލީ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުން ދަނީ، ނ. މަނަދޫ/ރީހުއްސަބާ، އުމުރުން 35 އަހަރުގެ އަހުމަދު ހިޝާމްއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހޯދުމަށް ބޭނުންވަނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ސުވާލުކުރުމަށެވެ. 

އަދި އޭނާގެ ވަނަވަރު ހާމަކުރީ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އެންގުމުގެ ގޮތުންކަމަށް ފުލުހުން ކުރި އިއުލާނުގައި ވެއެވެ.

ހިޝާމް ހާޒިރުވުމަށް ފުލުހުން އަންގާފައިވަނީ 2025  ޖޫން  15 ވަނަ ދުވަހުގެ 14:00 އަށް، މ. މުލީ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެކައިރި ޕޮލިސް ސްޓޭޝަނަކަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS